ދިވެހިރާއްޖެ
އިޢުލާން
ސްޓޭޝަނަރީ ހޯދުމަށް ބޭނުންވެއްޖެ
މިބިއުރޯއަށް ސްޓޭޝަނަރީއާއި އެހެނިހެން ބައެއް ތަކަތި ގަތުމަށް ބޭނުންވެއްޖެއެވެ. ވީމާ މިތަކެތި ވިއްކެވުމަށް އެދިލައްވާ ފަރާތްތަކުން 2021 ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ އަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމާއިބެހޭ މައުލޫމާތު އަދި ގަންނަން ބޭނުންވާ ސްޓޭޝަނަރީ ލިސްޓް މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2021 ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރިވިކަން ޔަގީން ކުރަންވާނެއެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު.3008414 / 3008400 އަށް ގުޅުއްވުން އެދެމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.
25 ރަބީއުލްޢައްވަލް 1443
1 ނޮވެމްބަރު 2021