ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2021/112
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 09 ނޮވެންބަރު 2021 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އުޞޫލުން މުއައްޒަފުން ހޯދުމާގުޅޭ

އިޢުލާން

ވޭޖްގެ އުޞޫލުން މުއައްޒަފުން ހޯދުމާގުޅޭ

މަޤާމް: ކައުންސިލް އެސިސްޓެންޓް ( ވޭޖް )

ބޭނުންވާ ޢަދަދު:  01

ގިންތި:  ވަގުތީ

ރޭންކު:  އެސް.އެސް 1

މުއްދަތު: ގިނަވެގެން މީލާދީ 1 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:  މަސްޖިދުލް ޛިކްރާ

މަސައްކަތް ކުރަންޖެހޭ ވަގުތު: 5 ނަމާދަށް 5 ގަޑިއިރު، އަދި އިތުރަށް މިސްކިތް ފޮޅާ ސާފުކުރުމަށް ކަނޑައަޅާ ވަގުތު ތަކުގައެވެ. 

މުސާރަ އާއި އެލަވަންސް: – ކޮންމެ ގަޑިއަކަށް -/45ރ ( ސާޅީސް ފަސްރުފިޔާ ) ގެ ރޭޓުން.

މަޤާމުގެ ޝަރުޠުތައް:

  • އަސާސީ ފެންވަރަށް ލިޔަން ކިޔަން އެގުމާއި އެކު މަޤަމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ  ލިއުން.
  • ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދޭ ސްކޫލްގެ ލިއުން.
  • ސްކްރީނިންގ މަރުޙަލާގައި ލިޔަން ކިޔަން އެގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިއުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ކައުންސިލް އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓެރީ ޖެނެރަލަށް ޖަވާބުދާރީވުން.
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓެރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  • ކޮންމެ ނަމާދު ވަގުތަކަށް ބަންގި ގޮވުމުގެ 15 މިނިޓް ކުރިން މިސްކިތަށް ޙާޟިރުވެ، ބޮކިތައް ދިއްލުމާއި ފަންކާތައް ޖަހާ، މިސްކިތުގައި ރަގަޅުކުރަން ޖެހޭ ކަންކަން ބަލާ، ރަގަޅުކުރުން. އަދި ނަމާދު ނިމިގެން ފަންކާތަކާއި ބޮކިތައް ނިއްވުން.
  • މިސްކިތާއި މިސްކިތުގެ ދޮރުތަކާއި ކަބަޑުތަކާއި ފަންކާ ހޮޅިބުރިތައް ފޮޅާ ސާފުކުރުމާއި އިސްކުރުބަރި އާއި ފާޚާނާތައް ދުވާލަކު 1 ފަހަރު ދޮވެ ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ވަށާމަގު ކުނިނޮޅާ، ކުނިކަހާ ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ވަޅުތައް ދިޔަހިއްކާ ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ގޯތިތެރޭގައި ހިޔާދޭ ބޮޑެތި ގަހާއި ބަގީޗާގަސް އިންދާ ހައްދާ ބެލެހެއްޓުން.
  • މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ އެފަދަ ޕްރޮގްރާމް ތަކަށް ބޭނުންވާ އެހީތެރިކަން އިމާމަށާއި އިދާރާއަށް ދިނުން.

 

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭފޯމް ( މިފޯމް ސިވިސް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެން ހުންނާނެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  ( ގުޅޭނެ ފޯނުނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( މުއްދަތު ހަމަވެފައި ވީނަމަވެސް ) ދެފުށުގެ ލިއުންތައް ފެންނަ، ލިޔެފައިވާ ލިއުންތައް ކިޔަންއެންގޭ ފަދަ ކޮޕީއެއް. ނުވަތަ އައި. ޑީ. ކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ، ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިއުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި ކޯސް ފުރިހަމަކުރިކަމުގެ ލިއުމުގެ ކޮޕީއާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ.

1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިއުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ދައުލަތުގެ މުއައްސަސާއެއްގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި، މަހާއި ދުވަސް އެގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) ސިވިލސް ސަރވިސްގެ ތަޖުރިބާ ގެ ތެރެއިން https://myaccount.csc.gov.mv/ ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުއައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދަރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިއުން. ( މިލިއުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެ އެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިއުމެއް ހުށަހަޅަންވާނެ އެވެ. )

(ބ) ދަޥްލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެއްފީހަކުން ދޫކޮށްފައިވާ ލިއުން ލިބެން ނެތް ނަމަ ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " ވަޒީފާއަށް އެދޭފަރާތުގެ  ރެފަރެންސް ޗެކް ފޯމު "

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން ( ކަނޑައެޅިފައިވާ އިންސައްތަ %50 )
  • އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު ( ކަނޑައެޅިފައިވާ އިންސައްތަ %5 )
  • އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ލިބިފައިވާ ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ %5 )
  • އިންޓަރވިއު ( ކަނޑައެޅިފައިވާ އިންސައްތަ %40 )

ނޯޓް : ލިބުނު ޕޮއިންޓުގެ ޖުމްލަ %70 ( ހަތްދިހަ ) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކ. ހިންމަފުށީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިއުންތައް އީ-މެއިލް [email protected],  މެދުވެރިކޮށްވެސް ބަލައިގަނެވޭނެ އެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކަރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާ އަށް އެދޭ ފޯމު ބަލައިގަނެވޭނެ އެވެ.

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 10 ނޮވެމްބަރ 2021 އާއި 21 ނޮވެމްބަރ 2021 އާ ދެމެދު ކ. ހިންމަފުށީ ކައުންސިލްގެ އިދާރާގަ އެވެ.

" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓް ) " ޢާއްމުކުރުން:

އިންޓަރވިއު ބާއްވަތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (  A2 ޝީޓް ) " ޢާއްމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖް ގައި ޢާއްމުކުރެވޭނެ އެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެ އެވެ.

       މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ( 6642024 ) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިއުންތައް ސިވިލް ސަރވިސް ކޮމިޝަން ގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ " އައްޔަންކުރުމުގެ އުޞޫލާގުޅޭ " http://www.csc.mv/recruitment-usoolu  އިން ލިބެން ހުންނާނެއެވެ.

 

31 އޮކްޓޫބަރު 2021