ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2021/33
އިޢުލާން |
މިސްކިތު މުވައްޒަފުން ޗުއްޓީ ނެގުމުންނާއި،ސަލާމްބުނުމުން ބަދަލުގައި މީހުން ހޯދުމާބެހޭ:
15 ނޮވެމްބަރ 2021 އިން 14 ނޮވެމްބަރ 2022 ގެ ނިޔަލަށް މިރަށު މިސްކިތްތަކަށް ވޭޖް އުސޫލުން ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމް: އިމާމް / މުދިމް ( ވޭޖް )
ބޭނުންވާ ޢަދަދު: 03
މަޤާމުގެ ރޭންކް: ޖީ،އެސް 01
މަޤާމުގެ ގިންތި: ވަގުތީ
މަޤާމުގެ މުއްދަތު: 01 ( އަހަރު ދުވަސް )
މަޤާމުގެ ކްލެސިފިކޭޝަން: ވޭޖް އުސޫލުން ގެންގުޅޭ މުދިމުން
މުސާރަ: އިމާމް ( ސަނަދުއޮތް ) – މިސްކިތަށް ހާޟިރުވާ ކޮންމެ ނަމާދު ވަގުތަކަށް -/61 ( އެކާހައްޓި ރުފިޔާ )
މުދިމް ( ސަނަދު ނެތް )- މިސްކިތަށް ހާޟިރުވާ ކޮންމެ ނަމާދު ވަގުތަކަށް -/53 ( ތޭވަންނަ ރުފިޔާ )
ފެންވަރު ނުވަތަ ޝަރުޠު: އިމާމް ކަމުގެ ސަނަދު ލިބިފައިވުން ނުވަތަ ޤާރީސެޓްފިކެޓް ލިބިފައިވުން ނުވަތަ ނަމާދުކުރެވޭވަރަށް ޤުރުއާން ތަޖުވީދުމަގުން ކިޔަވަން ދަންނަ މީހަކު ކަމުގައިވުން.
ވީމާ،މިވަޒީފާއަށް އެދިލައްވާފަރާތްތަކުން 14 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެކުރިން އައިޑީކާޑުގެ ފޮޓޯ ކޮޕީ އަކާއި،ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުންއެދެމެވެ. މަޤާމްތަކަށް މީހުން ހޮވާނީ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށް %50 މާކްސް އިންޓަވިއުއިން ލިބޭ ފަރާތްތަކަށެވެ. މިމުއްދަތުގެތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ ބަންދުވާ ކޮންމެ ދުވަހަކަށް ދުވަހެއް އިތުރު ކުރެވޭނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
26 ރަބީޢުލްއައްވަލް 1443
01 ނޮވެމްބަރ 2021
ޙާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް