މަސައްކަތް
ނަންބަރު: MNU-CA-PR/2021/011
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 08 ނޮވެންބަރު 2021 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހދ. ކުޅުދުއްފުށީ ކެމްޕަސްގެ 3 ބުރި ކިލާސްރޫމް ބުލޮކް، އޮޑިޓޯރިއަމް ބުލޮކް އިމާރާތުގެ މަރާމާތު މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހދ. ކުޅުދުއްފުށީ ކެމްޕަސްގެ 3 ބުރި ކިލާސްރޫމް ބުލޮކް، އޮޑިޓޯރިއަމް ބުލޮކް  އިމާރާތް ކުރިއިރު މަސައްކަތްކޮށްފައިވާ ގޮތުން އެއިމާރާތްބޭނުންކުރުމަށް ވަރަށްބޮޑަތި ބަދަލުތަކެއް ގެންނަން ޖެހިފައިވުމުން، ގެންނަންޖެހޭ ބަދަލުތަކާއި އިމާރާތުގެ އެކިއެކި ބައިތަކަށް ކުރަންޖެހޭ މަރާމާތުތައް މި ޔުނިވަރސިޓީއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ކުރުމަށް އަދި މިހާރު ހުރި އޮފީސްބުލޮކާއި 3 ބުރި ކިލާސްރޫމް ކޮޓަރި އާއި ދެ އިމާރާތު ދެމެދުގައި ދަތުރުކުރުމަށްއަދި ތަކެތި ގެންދިއުމަށް ވޯކް ވޭއެއް ހެދުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން 10 އޮކްޓޫބަރު 2021 ގައި ކުރެވުނު ނަންބަރު: MNU-CA-PR/2021/009 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ މި ބީލަން ހުށަހަޅާ ތާރީޙު ތިރީގައިވާގޮތަށް ބަދަލުކުރެވިފައިވާކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

  1. މައިގަނޑު ކަންތައްތަކުގެތެރޭގައި ތިރީގައިވާބައިތައްހިމެނޭނެއެވެ. އިމާރާތުގެ ސެޓުލްމަންޓްކުރެކްތައްބެއްދުން، ކުޑަދޮރުތަކުގެތެރެއިން ބޭރަށްހުރި ކުޑަދޮރުތައް ޑަބަލް ގްލޭޒްޑްކުޑަދޮރަށްބަދަލުކުރުން، އެއަރކަންޑިޝަންތައް ފޮރުވުމަށްކުރަންޖެހޭ ކަންކަން ކުރުން، ބައެއް ފާރު ފުޅަޝްކުރުން، ރެސްޓޯރަންޓްގެމަރާމާތުތައް، ރެސްޓޯރަންޓްގެއެގްޒޯސްޓް ޑަކްޓްރަނގަޅުކުރުން، ކަރަންޓް ވައަރުތައް ރަނގަޅުކުރުން، ދޮރުތަކުގެ ތަޅުތައް ބަދަލުކުރުން، ކޮރިޑޯ ސީލިންގް މަރާމާތުކުރުން، ފުރާޅުގެ އިސްކުރުތައްބަދަލުކުރުން، ޓެރަސްމަރާމާތުކުރުން، ފަންކާތައް ބަދަލުކުރުން، އޮޑީޓޯރިއަމް ގެސީލިންގް ތިރިކުރުން، ޕްރޮޖެކްޓަރއަދި އެއަރކަންޑިޝަން ތިރިކުރުން، ޕްރޮޖެކްޓަރ ކޭބަލްތައް ރަނގަޅުކުރުން  އަދި ރެސްޓޯރަންޓް ކައިރީ 2 ފާހާނާހެދުމާއި އިތުރު މަރާމާތުތައްހިމެނެއެވެ.
  2. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) އަދި ހދ. ކުޅުދުއްފުށީ ކެމްޕަސްގައިއެވެ (އޮންލައިންކޮށް)
  3. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ހުށަހަޅަންޖެހޭ ފޯމްތައް 08 ނޮވެންބަރު ވާ ހޯމަ ދުވަހުގެ 10:00 ގައި ބާއްވާ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް ދެވޭނެއެވެ. ބީލަން ހުށަހަޅުއްވަންވާނީ ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނޭ ތަކެއްޗާއި އެކުގައެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 25 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން " ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހދ. ކުޅުދުއްފުށީ ކެމްޕަސްގެ 3 ބުރި ކިލާސްރޫމް ބުލޮކް، އޮޑިޓޯރިއަމް ބުލޮކް  އިމާރާތައް ގެންނަންޖެހޭ ބަދަލުތަކާއި އިމާރާތުގެ އެކިއެކި ބައިތަކަށް ކުރަންޖެހޭ މަރާމާތުތައް މި ޔުނިވަރސިޓީއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮތުމާއި އަދި ބީލަން ހުށަހަޅާ ކުންފުނީގެ / ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. އިސްވެދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 04 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޔުނިޓްް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345190

އީ-މެއިލް: [email protected]

 

31 އޮކްޓޫބަރު 2021