ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، މާލޭ ކޮމާޝަލް ހާބަރު މެކޭނިކަލް ވޯކްޝޮޕް ގައި މެޒަނިން ފްލޯ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެ ކުރެވުނު ނަމްބަރު (IUL)113-PD/I/2021/98 އިއުލާނާއި ގުޅިގެން އެކަށީގެންވަރަށް ރަޖިސްޓަރވެފައި ނުވާތީ، އެ ނަމްބަރު އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފްކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
1. |
ސައިޓް އިންސްޕެކްޝަން އާއި ރަޖިސްޓަރީވުން |
04 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން ހާޒިރުވެ ރަޖިސްޓަރވުމާއި ސައިޓް އިންސްޕެކްޝަން. (ސައިޓްއިންސްޕެކްޝަން ކުރިޔަށްގެންދިޔުމަށް ސަރަހައްދަށް ވަނުމަށް ހަމަޖެހިފައިވާތީ، ވަޑައިގަންނަވަ ފަރާތްތަކުން، ސޭފްޓީ ޝޫޒް، ސޭފްޓީ ވެސްޓް، އަދި ސޭފްޓީ ހެލްމެޓް ގެންނެވުން އެދެމެވެ. ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓްސް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ސައިޓް އިންސްޕެކްޝަން އާއި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)
|
|
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 14:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
|
|
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި ޕްރޮޕޯސަލް
|
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.