ދިވެހިރާއްޖެ
ގއ.ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތުގެ ހުޅަނގު ފަރާތުގައިވާ ބޮޑު ގަސް ކަނޑައިދޭނެ ފަރާތެއް ހޯދުން
މި ކޯޓުގެ ޢިމާރާތުގެ ހުޅަނގު ފަރާތުގައިވާ ބޮޑު ގަސް ކަނޑައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 04 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހު 13:30 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ އެކު މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާނަމަ އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ދުވަހުގެ ކުރިން 6820772 ނުވަތަ 6820769 އަކަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.