އިންޝުއަރެންސް
                	
                ނަންބަރު: AI/IUL/2014/039
                    ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2014
                    ޕަބްލިޝްކުރި ގަޑި:  14:08
                                            ސުންގަޑި: 
                            31 ޑިސެންބަރު 2014 00:00
                        
                    
                އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އެކްސްޕެކްޓްރިއޭޓް އިންޝުއަރެންސް ވިއްކައިދޭނެ ސާރވިސް ޕާރޓްނަރުން ހޯދުމާބެހޭ
                                އެކްސްޕެކްޓްރިއޭޓް އިންޝުއަރެންސް ވިއްކައިދޭނެ ޤާބިލު ސަރވިސް ޕާރޓްނަރުން ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާނަމަ، އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 31 ޑިސެންބަރު 2014 ވަނަ ދުވަހުގެ ކުރިން ތިރީގައި މިވާ އީމެއިލް އެޑްރެސްއަށް ނުވަތަ އެލައިޑް އިންޝުއަރެންސްގެ ހެޑް އޮފީސް (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހަޅުއްވައި ދެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އެޕްލިކޭޝަން ފޯމު މި ކުންފުނީގެ މައި އޮފީހުންނާއި، އެލައިޑްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރުޠުތައް:
- އިންޓަރނެޓް ކަނެކްޝަން ހުރި ތަނެއް ކަމުގައިވުން
 - ކޮމްޕިއުޓަރ ސިސްޓަމް އަދި ޕްރިންޓް ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވުން
 - ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިއަކަށްވުން
 - ޚިދުމަތް ދޭނެ ވަކި އައުޓްލެޓެއް ހުރުން
 - ވިޔަފާރި ހިންގުމުގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން
 - ވެރިފަރާތް ނުވަތަ ވިޔަފާރީގެ ނަމުގައި ބޭނުން ކުރެވޭ ކްރެޑިޓް ނުވަތަ ޑެބިޓް (ވިސާ، މާސްޓަރ ނުވަތަ އެމެކްސް) ކާޑެއް އޮތުން
 - ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުރި ފަރާތަކަށްވުން
 - މުއާމަލާތް ކުރާ ފަރާތަކީ ދިވެހި ބަހާއި އިނގިރޭސި ބަހަށް ފަރިތަ މީހެއް ކަމުގައި ވުން
 
ހުށަހަޅަން ޖެހޭ ތަކެތި:
- ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު
 - ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީ
 - ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީ
 - ޚިދުމަތް ދޭ އައުޓްލެޓް/ އޮފީހުގެ ފޮޓޯ
 
3 ރަމަޟާން 1435
                29 ޖޫން 2014