ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)303-AS/2021/65
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 04 ނޮވެންބަރު 2021 11:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ނަރުދަމާނިޒާމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މިކައުންސިލުން ހިންގަމުން ގެންދާ ނަރުދަމާ ނިޒާމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން މިއަދު 28 އޮކްޓޫބަރ 2021 ބުރާސްފަތި ދުވަހުންފެށިގެން 4 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ނިޔަލަށް ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނަން ނޯޓުކުރެއްވުން އެދެމެވެ. އަމިކަމަށް ޝައުޤްވެރިވެ ލައްވާ އެއްވެސް ފަރާތަކަށް މިކަމުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތުމުގެ ސަބަބުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ، ބަދަލުގައި ފޮނުއްވާ ފަރާތެއްކަން އެނގޭނެ ސިޓީއެއް ، ކުންފުންޏަކުން ފޮނުއްވާނަމަ އެކުންފުންޏެއްގެ ލެޓަހެޑުގައި ލިއެފައިވާ ސިޓީއަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ. އަދި މިފަދަ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދެއްގެ ވިޔާފާރިއަކުން ނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށައަޅުއްވަން ވާނެއެވެ.  

ތިރީގައި މިދަންނަވަނީ ހޯދަން ބޭނުންވާ ތަކެތީގެ މައުލޫމާތު

#

އަދަދު

ތަކެތީގެ ތަފްސީލް

1

50

Starter Valve

2

20

Body Ring

3

10

Upper Membrane Housing

4

30

Lower Membrane body

5

60

Upper Plate

6

30

Rolling membrane 63mm

7

60

Pisten plate

8

50

Rubber Washer 60x5x5

9

15

Spring 

10

2

Vacuum Guage

 

          މަތީގައިވާ ތަކެތި ހޯދައިދިނުމަށް އެދި ހުށައަޅާ އަންދާސީ ހިސާބު ނުވަތަ ބިޑްތައް ބަލައިގަތުން އޮންނާނީ 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:30 ގައި އުނގޫފާރު ކައުންސިލް އިދާރާގައި ކަމުގައި ދަންނަވަމެވެ. އަދި މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ނަރުދަމާ ނިޒާމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދިނުމަށް އެދި " މިހެން ލިއެފައި އޮންނަން ވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

           އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ ނަރުދަމާގެ މެނޭޖަރ އަޙްމަދު އަފްޞަލް ގެނަމްބަރ 9697373 ގުޅުއްވުން އެދެމެވެ.  

       ތިރީގައި އެވަނީ ނަރުދަމާނިޒާމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.   

1. ނަރުދަމާނިޒާމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ދިނުމަށް ހުށަހަޅާ އަގަށް %75          

2. ތަޖުރިބާ ފަންނީ ގާބިލްކަމަށް        

3. ހުށަހަޅާ މުއްދަތައް             

4. މާލީތަނަވަސް ކަމަށް             

             ވީމާ މިކަން އާއްމުކޮށްއެންގުމަށްޓަކައި އިޢުލާންކުރީމެވެ.

          

28 އޮކްޓޫބަރު 2021