ދެންނެވުން
ނަންބަރު: (IUL)266-B/266/2021/118
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 30 ޑިސެންބަރު 2021 00:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ލޯކަލް ބަނދަރުން އޮޑި ދޯނިފަހަރު ފުރާއިރު ދޫކުރާ ވައު ތަކާއި ގުޅޭ

ކުޅުދުއްފުށި ލޯކަލް ބަނދަރުގެ ޖެޓީގައި އުޅަނދުފަހަރު އެޅުމަށް ބޭނުންކުރާ ވައު، އުޅަނދުފަހަރު  ދުރުކުރުމަށްފަހު މޫޓުތަކަށް އައްސާ ފަޅުތެރެއަށް ދޫކޮށް ފުރައިންދާ ކަން ވަނީ މި އިދާރާއަށް ފާހަގަ ކުރެވިފައެވެ.  މިގޮތައް އޮޑިފަހަރު އައްސަން ބޭނުންކުރާ ވައު ފަޅުތެރެއަށް ދޫކޮށްދިއުމުން، ބަނދަރަށް ވަދެ ނިކުމެވާ އޮޑިދޯނިފަހަރުގެ ބުރަފަތީގައި އޮޅި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަތިވަމުންދާކަމުގެ ޝަކުވާ ދަނީ މި އިދާރާއަށް ހުށަހެޅެމުންނެވެ.

ވީމާ، 28 އޮކްޓޫބަރު 2021 އިން ފެށިގެން ކުޅުދުއްފުށީ ލޯކަލް ބަނދަރުގެ ޖެޓީއަށް އުޅަނދުފަހަރު އެޅުމަށް ބޭނުންކުރާ ވައު ދޫކޮށް އޮޑި ފުރައިފިނަމަ، އެވަލަކީ ވެރިޔަކުނެތް ވަލެއްކަމަށް ބަލާ، ވައު ނަގާ ނައްތާލެވޭނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

28 އޮކްޓޫބަރު 2021