ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475-HR/475/2021/226
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 08 ނޮވެންބަރު 2021 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިއުކޭޝަން އޮފިސަރ

އިޢުލާނު

މަޤާމު:

އެޑިއުކޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J- 304705

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

ސެކްޝަން

ޕްލޭނިންގ ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެންބިލްޑިންގ 2 ވަނަ ފަންގިފިލާ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
  4. ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަވާނަމަ، މަޤާމުގެ މުސާރައިގެ %28 ހަމަޖެހޭނެއެވެ (ޓެކްނިކަލް ކޯ އެލަވަންސްގެ ޑިސިޕްލިން ތަކަކީ އެޑިޔުކޭޝަން، ސްޕެޝަލައިޒްޑް ސަބްޖެކްޓް ނުވަތަ ޓީޗިންގ އެވެ.) ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަނުވާނަމަ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ.

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

MS2

-/900 ރުފިޔާ

MS3

-/900 ރުފިޔާ

MS4

-/900 ރުފިޔާ

EX1

-/1100 ރުފިޔާ

EX2

-/1100 ރުފިޔާ

EX3

-/1300 ރުފިޔާ

EX4

-/1300 ރުފިޔާ

EX5

-/1500 ރުފިޔާ

EX6

-/1500 ރުފިޔާ

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަތީތަޢުލީމާބެހޭ ސްޓެރެޓެޖިކް ޕްލޭންއާއި މާސްޓަރޕްލޭންއާއި މިފަދަ ޕްލޭންތަކުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް ހެދުން.
  2. ޤަވާޢިދުތަކާއި އުޞޫލުތައް ހެދުމަށްފަހު އަޕްޑޭޓް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  3. މިނިސްޓްރީގެ ލޯން އަދި ސްކޮލާޝިޕް ސެކްޝަނުން ހަދަންޖެހޭ އުސޫލުތައް ހެދުމުގެ މަސައްކަތް ކުރުމުގައި ބައިވެރިވެ އެކަންތައް ކުރުން.
  4. މަތީތަޢުލީމުދޭ މަރުކަޒުތަކުގެ ގިންތިބަދަލުކުރުމާއި އަދި މަރުކަޒުތަކަށް ގެނެވޭ ބަދަލްތައް ގެނައުމަށް އެދި ހުށައަޅާ ހުށައެޅުންތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ސުޕަވައިޒްކުރުން.
  5. މަތީ ތަޢުލީމުދޭ މަރުކަޒުތަކާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް ޑްރާފްޓްތައް އެކުލަވާލުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

ޓީޗިން ސާވިސަސް

ތަޢުލީމީ ގޮނގުތައް:

- އެޑިޔުކޭޝަން

- ސްޕެޝަލައިޒްޑް ސަބްޖެކްޓް

- ޓީޗިން

ޕްރިފަރޑް ޑިސިޕްލިން:

ނެތް

ކޯ ޑިސިޕްލިން:

- އެޑިޔުކޭޝަން

- ސްޕެޝަލައިޒްޑް ސަބްޖެކްޓް

- ޓީޗިން

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމް

 ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑިޔުކޭޝަން އޮފިސަރ

MS2

 

އެޑިޔުކޭޝަން އޮފިސަރ 3

- ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން؛

އަދި،

- ޓީޗަރެއްގެ މަގާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން

6295/-

-/3500

MS3

 

 

 

އެޑިޔުކޭޝަން އޮފިސަރ 4

-   ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް  ހާސިލްކޮށްފައިވުން؛ ނުވަތަ

-  ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

- އެޑިއުކޭޝަން އޮފިސަރ 3ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

 

-/7035

MS4

އެޑިޔުކޭޝަން އޮފިސަރ 5

- ކިޔަވައިދޭ މާއްދާއަށް ހާއްސަ ކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިމުނުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ އިތުރު ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ

- ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ

-  ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު (ލެވެލް 7 ގެ ސަނަދެއް ނެތި) ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ  އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން ނުވަތަ

-  އެޑިޔުކޭޝަން އޮފިޝަރ 4 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހރު އެޅެ ތަޖުރިވާ ލިބިފައިވުން

-/7875

EX1

އެޑިޔުކޭޝަން އޮފިސަރ 6

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން: ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

- އެޑިއުކޭޝަން އޮފިސަރ 5ގެ މަޤާމުގައި ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/8835

EX2

އެޑިޔުކޭޝަން އޮފިސަރ 7

- ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

- އެޑިއުކޭޝަން އޮފިސަރ 6ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/9890

EX3

އެޑިޔުކޭޝަން އޮފިސަރ 8

- އެޑިއުކޭޝަން އޮފިސަރ 7ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/11065

EX4

އެޑިޔުކޭޝަން އޮފިސަރ 9

- އެޑިއުކޭޝަން އޮފިސަރ 8ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/12400

EX5

އެޑިޔުކޭޝަން އޮފިސަރ 10

- އެޑިއުކޭޝަން އޮފިސަރ 9ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

 

 

-/13890

EX6

އެޑިޔުކޭޝަން އޮފިސަރ 11

- އެޑިއުކޭޝަން އޮފިސަރ 10ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/15560

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) (http://www.csc.gov.mv/download/2249)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ތަފްސީލް

މާކްސް

%

ތައުލީމް

ލިބިފައިވާ ތަޢުލީމު

285

40

ތަމްރީން

ވަޒީފާ ދާއިރާއާގުޅޭ ކުރު ތަމްރީން

30

10

މަސައްކަތު ތަޖުރިބާ

ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުތިބާ

20

 

 

އެހެނިހެން މަސައްކަތުގެ ތަޖުރިބާ

10

15

ހުނަރު

އިންޓަވިއު/ޕްރެކްޓިކަލް

100

30

 

ސިވިސް ސާވިސްއަށް ވަނުމަށްދެވޭ އިމްތިހާން

12

5

ޖުމްލަ

 

 

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ނޮވެންބަރު  8 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން (ފެން ބިލްޑިންގ 2ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު އީ-މެއިލް ކުރުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2021 ނޮވެންބަރު 9 އާއި ނޮވެންބަރު 28 އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން (ފެން ބިލްޑިންގ 2ވަނަ ފަންގިފިލާ) ގައެވެ.

މިމަޤާމަށް ޝަރުތު ފުރިހަމަވެ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ. އިންޓަވިއުއާއި ޕްރެޒެންޓޭޝަން މަޢުލޫމާތު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ވަކިން ހިއްސާކުރެވޭނެއެވެ.

-          މިމަޤާމަށް ޝަރުތު ފުރިހަމަވެ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިމްތިހާން އޮންނާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ , 3026928, 3026951, 3026966 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

22 ރަބިއުލްއައްވަލު 1443

28 އޮކްޓޫބަރު 2021