މަސައްކަތް
ނަންބަރު: (IUL)K04-HC/2021/06
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 16 ނޮވެންބަރު 2021 11:00
މުލަކު ޞިއްޙީ މަރުކަޒު، މ. މުލައް
ދިވެހިރާއްޖެ
މ.މުލަކު ޞިއްޙީ މަރުކަޒަށް ފައިބަރނެޓްވޯރކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް

މ. މުލަކު ކައުންސިލްގެ އިދާރާއިން މުލަކު ޞިއްޙީ މަރުކަޒަށް ފައިބަރނެޓްވޯރކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް މި މަރުކަޒުންދޭނެ ފަރާތެއް ހޯދުމަށް އެދި މި މަރުކަޒުން ކޮށްފައިވާ (IUL)K04-HC/2021/04 (27 ސެޕްޓެމްބަރ 2021) އާއި ގުޅިގެން އެއްވެސް ފަރާތެއް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލްވުމަށް ހާޟިރުވެފައިނުވާތީއާއި އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަރުކަޒުންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޙުތަކުގައި މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި

އަންދާސީ ހިސާބު ހުށައެޅުން

16 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި

 

                  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 އޮކްޓޫބަރު 2021