ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)398/398/2021/32
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 08 ނޮވެންބަރު 2021 13:00
ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވަގުތީ)

އިޢުލާނު

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

JC0003

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އަދި މުއްދަތު

ވަގުތީ، 3 (ތިންމަސް ދުވަހަށް)

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގުރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލ.މުންޑޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ލ.މުންޑޫ

މުސާރަ:

3100 ރުފިޔާ

ސަރވިސް އެލަވަންސް:

1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯއެލަވަންސްގެ ގޮތުގައި މަހަކު 1200.00 ރުފިޔާ               
  • އަދި ވަޒީފާއަށް ނިކުންނަކޮންމެ ދުވަހަކަށް އެލަވަންސްގެ ގޮތުގައި 30 ރުފިޔާގެ އެލަވަންސްއެއް ލިބޭނެއެވެ.

 ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިޔުޝަން އަދި .ސިވިލްސަރވިސްގެ ގަވައިދުގައި ބަޔާންކުރާ އެހެނިހެން އެލަވަންސްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތް:

  1.    ކައުންސިލްއިން އަންގާ ގޮތެއްގެ މަތިން ވަކިވަކި ގެތަކުން ކުނިނެގުމާއި ކުނި މެނޭޖުކުރުން
  2. ކުނިނެގުމަށްފަހު ކުނިނެގުމަށް ބޭނުންކުރި ޑަސްބިންތައް ފޮޅާ ސާފްކޮށް ބެލެހެއްޓުން
  3. ދުވަހުން ދުވަހަށް ނައްތާލަންޖެހޭ ކުނި ކައުންސިލްއިން އަންގާގޮތެއްގެ މަތިން ނައްތާލުން.
  4. ކުނިނެގުމާއި ގުޅޭ ގޮތުން ކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެ މަތިން ރިޕޯރޓްއެއް އެކުލަވާލާ ކައުންސިލްއަށް ހިއްސާކުރުން.
  5. ވޭސްޓްމެނޭޖްމެންޓް ސެންޓަރ ކުނިކަހާ ވިނަނޮޅާ ސާފްކުރުން
  6. ކައުންސިލްއިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލް ޢިދާރާގެ މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން
  7. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒްކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

       8 .    ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމަހައި ކަންކަމުގައި ކައުންސިލްއާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބްދާރީވުން

މަޤާމުގެ ޝަރުޠުތައް:

  • އަސާސީ ތައުލީމް ފެންވަރު ހުރުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި، ސިއްޚަތު ރަނގަޅު މީހެއްކަމުގައިވުން
  • އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ލ.މުންޑޫ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ނޮވެމްބަރ 2021 ގެ (13:00) ގެ ކުރިން، ލ.މުންޑޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީހެއް ފަހުން އެންގޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800714 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

28 އޮކްޓޫބަރު 2021