މަސައްކަތް
ނަންބަރު: (IUL)GS-59-AD/INDIV/2021/45
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 04 ނޮވެންބަރު 2021 14:00
ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ޔުނީފޯމު ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ފުނަދޫ ސްކޫލް

 

    ށ. ފުނަދޫ،

   ދިވެހިރާއްޖެ.

                                    އިޢުލާން ނަންބަރ: (IUL)GS-59-AD/INDIV/2021/45

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

ޔުނީފޯމް ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި ސްކޫލްގެ ދަރިވަރުންގެ އައު ޔުނީފޯމް ފަހާ ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)GS-59-B/INDIV/2021/21 (11 ޖުލައި 2021) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތުން މުއްދަތުގެ ތެރޭގައި ތަކެތި ފޯރުކޮށްދީފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މިސްކޫލުގެ ދަރިވަރުންގެ ޔުނީފޯމް ފެހުމަށް ބޭނުންވާ ފޮތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ   ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

1. މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021އޮކްޓޫބަރ 28 ން 04 ނޮވެމްބަރ 2021 ގެ 8:00 ން 14:00 އާއި ދެމެދު ( ރަސްމީގަޑީގައި ) ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ ނަންނޯޓްކުރާ ފަރާތްތަކަށް އެކަނިއެވެ.

2. މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ނޮވެމްބަރ 04 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected]  ފޮނުއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި 7536273 ފޯނާއި ގުޅުއްވުން އެދެމެވެ.

3. މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ނޮވެމްބަރު 08 ވާ ހޯމަ ދުވަހު ހެދުނު 13:00 ގައި ފުނަދޫ ސްކޫލުގައެވެ.

4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2021 ނޮވެމްބަރު 14 ވާ އާދީއްތަ ދުވަހު މެންދުރު 13:00 ގައި  ފުނަދޫ ސްކޫލުގައެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރައްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.

ފުނަދޫ ސްކޫލް،

ރެހެންދިމަގު / ށ.ފުނަދޫ

ފޯން: 6540540

އީމެއިލް: [email protected]

 

 

28 އޮކްޓޫބަރު 2021

28 އޮކްޓޫބަރު 2021