މަސައްކަތް
ނަންބަރު: (IUL)IM/1/2021/52
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 23:52
ސުންގަޑި: 31 އޮކްޓޫބަރު 2021 11:00
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ިމިސްކޫލްގެ 29 ކުލާސްރޫމަށް ކަބަޑު ޖަހައިދޭނެ ފަރޭތެއް ހޯދުން.

  1. މި ސްކޫލުގެ ޕޭރެންޓް ޓީޗަރ އެސޯސިއޭޝަންގެ ފަރާތުން ދަރިވަރުން ކިޔެވުމަށް ބޭނުންކުރާ 29 ކުލާސްރޫމްގައި ކަބަޑު ޖެހުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 27 އޮކްޓޯބަރ 2021 ން 30 އޮކްޓޯބަރ 2021 ގެ 18.00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 https://docs.google.com/forms/d/1KppiSjDUDIN2NrKpCDAHuo_hEJnG4NkGzzhJ8OYVzYc/edit

 4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021  އޮކްޓޫބަރ 30 ވަނަ ދުވަހުގެ 18:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

  1. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ   2021  އޮކްޓޫބަރ 31  ވަނަ ދުވަހުގެ 11:00 ގައި ޢިމާދުއްދީން ސުކޫލުގައެވެ.

 6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. 

 7. މިއިއުލާނާއިއެކު ކަބަޑު ޖެހުމަށް ބޭނުންވާ ޑިޒައިން އަދި މިންތައް އެނގޭނެ ޑޮކިއުމެންޓް އެޓޭޗްކުރެވިފައިވާނެއެވެ.  ކަބަޑު ޖެހުމަށް ބޭނުންކުރަންވާނީ 18mm ގެ ކަބަޑު ފިލައެވެ.

 8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޢިމާދުއްދީން ސްކޫލް

ރެހެންދި ހިނގުން،  މާލެ، ދިވެހިރާއްޖެ

ފޯން:  3315763، 3315759

އީ-މެއިލް: [email protected]

27 އޮކްޓޫބަރު 2021