މަޤާމުގެ ނަން: އެސިސްޓެންޓް އެޑިޓަރ
|
- މުސާރަ (މަހަކު) : -/11,400 ރުފިޔާ މަހަކު
- ސަރވިސް އެލަވަންސް: -/3,800 ރުފިޔާ މަހަކު
- ޑެއިލީ އެލަވަންސް: -/3,800 ރުފިޔާ މަހަކު
- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން
|
1- ޝަރުޠު:
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:
ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ)
ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- މިންގަނޑުތައް ކަނޑައެޅުމާއި، ލަނޑުދަނޑިތަކާއި، އުއްމީދުތައް ކަނޑައެޅުމުގައި ސުޕަވައިޒަރަށް އެހީތެރިވެދިނުން
- ކޮންޓެންޓް ޓީމުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ވިލަރެސްކުރުން
- ކިޔުންތެރިގެންގެ ޝައުގުވެރިކަން އިތުރުކޮށް ދެމެހެއްޓުމަށް ބޭނުންވާ އެންމެ ފަހުގެ މައުލޫމާތާއި، ތަފާސް ހިސާބުތައް ދިރާސާކޮށް ސައްހަކްން ކަށަވަރުކުރުން
- ކިޔުންތެރިގެންގެ ޝައުގުވެރިކަން އިތުރުކުރުކުރުމަށް ކޮންޓެންޓް ތައްޔާރުކުރުމުގައި ބޭނުންކުރަންޖެހޭ އުސޫލުތައް ތަންފީޒުކުރުމަށް ޒިންމާވުން
- އާ ކޮންޓެންޓް އުފެއްދުމުގައި ޓީމުގެ މެމްބަރުންނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ޓީމުގެ މެމްބަރުންނާ ގުޅިގެން އެޑިޓޯރިއަލް ކަލަންޑަރ މެނޭޖް ކޮށް ސުންގަޑި ހަމަވާ މުއްދަތުގެ ކުރިން މަސައްކައްތައް ފުރިހަމަ ކުރުން
- ބްލޮގް، ނިއުސްލެޓަރ، ނޫސްބަޔާން، ސަރކިއުލަރ، މާނެޓިން ބޭނުމަށް ތައްޔާރުކުރވޭ ލިޔުންތައް، ޑޭޓާ ވިޜުއަލްކުރުމަށް، އިންފޯގްރެފިކްސް އަދި ވީޑިއޯ އަށް ބޭނުންވާ މިންވަރަށް ކޮންޓެންޓް ތައްޔާރުކުރުމުގައި ޓީމް އާއިއެކު މަސައްކަތް ކުރުން
- ލިޔެފައިވާ ލިޔުންތަކުގެ ސައްހަ ކަން ކަށަވަރު ކުރުމާއި އެކު، އެހެނިހެން ގޮތުން ބަލަންޖެހޭ ކަންކަމަށް ބަލައި ލިޔުމަށް ގެނަންޖެހޭ ބަދަލުތައް ގެނައުމާއެކު ބްރޭންޑް ކޮންސިސްޓެންސީ ދެމެހެއްޓުން
- ލިޔުންތައް ފުރިހަމަ ކުރުމަށް ބޭނުންވާ ފޮޓޯ، ޗާޓް އަދި ގްރާފް ފަދަ ތަކެތި ޚިޔާރުކޮށް ކަނޑައެޅުން
- ކުރިއަށް ގެންދެވޭ އިވެންޓްތަކަށް ބިނާކޮށް އައު އަދި ކަމުދާ މައުލޫމާތުހުރި ކޮންޓެންޓް ތައްޔާރުކުން
- ކޮންޓެންޓް ތައްޔާރުކުރުމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނީކްތަކަށް ހޭލުންތެރިވެފައިވުން
- ކަނޑައެޅިފައިވާ ލަޑުދަނޑިތަކަށް ވީއެންމެ އަވަހަށް ވާސިލުވުމަށް ޓިމެއްގެ ގޮތުގައި ކުރާ މަސައްކައްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުން.
- އެމްއެމްޕީއާރްސީގެ ބްރޭންޑް އައިޑެންޓިޓީ އާއި ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުން
- ކޮންޓެންޓް ތައްޔާރު ކުރުމުގައި އެންމެ ފުރިހަމަ ޕްރެކްޓިސްތަކާއި، ޓެކްނީކްތަކާއި މިންގަނޑުތައް ބޭނުން ކުރުން
- ކޯޕަރޭޝަނުގެ ލަޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އެންވެ ފުރިހަމައަށް އަދާ ކުރުން
- ނަޒާހަތްތެރި، އެންމެން ބައިވެރިކޮށްގެން، ދެފުއްފެނަގޮތަށް މަސައްކަތްކުރާ މާހައުލެއް ދެމެހެއްޓުން
- ދިރާސާތައް ކުރުމާއި، ރިޕޯޓް ތައްޔާރު ކުރުމާއި، މީޓިންތައް އިންތިޒާމްކުރުން ފަދަ ކަންކަމުގައި ޓީމުގެ މެންބަރުންނަށް އެހީތެރިވެދީ ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ދޭންޖެހޭ އިރުޝާދު ދިނުން.
- ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- ވަޒީފާގެ ބަޔާނުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާއި އަދި މި ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން
|