ބީލަން
ނަންބަރު: (IUL)322-M/322/2021/81
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 10 ނޮވެންބަރު 2021 09:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Iulaan

1-       ބ. ހިތާދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމާއި އެހެނިހެން ބޭނުންތަކަށް ބިން ކަނޑައެޅުމަށްޓަކައި މިރަށު ރައްޔިތުން ޤަބޫލުކުރާ ފެންވަރުގެ ލޭންޑް ޔޫސް ޕްލޭނެއް ރިވައިސް ބޭނުންވެއްޖެއެވެ.

1.01-    މިމަސައްކަތާ ގުޅޭ މަޢުލޫމާތު މިއިޢުލާނުގައި އެވަނީއެވެ.

1.02-    ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 09:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

2-       މިމަސައްކަތުގެ ދަށުން ހަދާ ލޭންޑް ޔޫސް ޕްލޭންގައި މިހާރު ބޭނުންކުރާ ބިންތަކާއި، ހުސްބިންތައް ބޭނުން ކުރާނެގޮތާއި، ރަށުގެ ފަޅު ހިއްކުމުގެ ޕްލޭނަކާއި، އަދި ހިއްކާ ބިން ބޭނުންކުރާނެގޮތުގެ ޕްލޭން އޮންނަންވާނެއެވެ.

3-       އެގޮތުން މުސްތަޤުބަލުގައި ޤާއިމު ކުރަންޖެހޭ އެންމެހާ ޚިދުމަތްތަކާއި އެކަންކަމަށް ކަނޑައެޅޭ ބިންތައް އޭގެ މިންތަކާއެކު އެގޭގޮތަށް ކަނޑައެޅި ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

4-       ރަށުގެ ޗާޓު ކުރަހަންވާނީ އޮޓޯކޭޑްގައި ޖީޕީއެސް ޕޮޒިޝަނަޝެވެ.

5-       މިމަސައްކަތް ކުރާ ފަރާތުން މިރަށުގެ މުއައްސަސާތަކާއި އެކިފަންނުގެ ބޭފުޅުންނާއި، އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ބޭފުޅުނަނާއި، ކަމުވޮށިގެންވާ ބޭފުޅުންނާއި ކުލަބު ޖަމިއްޔާތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލުކޮށް މަޝްވަރާ ކުރަންވާނެއެވެ. އަދި އެހުރިހާ ފަރާތްތައް ހިމެނޭގޮތަށް ރައްޔިތުންނާވެސް ބައްދަލުކޮށް މަޝްވަރާ ކުރަންވާނެއެވެ. އަދި މިބައްދަލުވުން ތަކުގެ ހާޒިރީއާއި ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ.

6-       ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކުރަންވާނީ ކަމާބެހޭ ޤާނޫނުތަކާއި ޤަވައިދުތަކާއި އުޞޫލުތަކަށް ފެތޭގޮތަށް ބ. ހިތާދޫ ކައުންސިލާއި ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ ފެންވަރަށެވެ.

7-       މިމަސައްކަތާ ޙަވާލުވާ ފަރާތަކަށް ބައެއް ޚިދުމަތްތައް ބ. ހިތާދޫ ކައުންސިލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެފައެވެ. އެގޮތުން ތިރީގައި މިބަޔާންކުރާ ކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއްހެ ޒިންމާ ނަގަންވާނީ މަސައްކަތާ ޙަވާލުވާ ފަރާތުންނެވެ.

7.01-        ޕްލޭން ހެދުމަށް މާލެއިން ވަޑައިގަންނަވާ ބޭފުޅުންގެ ލޯންޗް ދެކޮޅު ދަތުރު (ގިނަވެގެން 4 ބޭފުޅުންނަށް) 02 ދަތުރު.

7.02-        އެފަރާތްތަކުގެ ކެއުމާއި ހުރުން (2 ކޮޓަރި)

7.03-        ބައްދަލުވުންތަކަށް މީހުންނަށް ކިޔުމާއި ތަން ހަމަޖެއްސުން

8-       ޕްރޮޕޯސަލް ހުށަހެޅުން:

8.01-        ޕްރޮޕޯސަލްގައި މިމަސައްކަތް ކުރެވޭނެ މުއްދަތު ހިމަނަންވާނެއެވެ.

8.02-        ބ. ހިތާދޫ އަށް ކުރާ ދަތުރުތަކާއި އެދަތުރުތައް ކުރާ ގޮތާއި ބައިވެރިންގެ ޢަދަދު އަދި ހޭދަވާނެ މުއްދަތު ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.

8.03-        ކަމާބެހޭ ފަރާތްތަކުން ލޭންޑް ޔޫސް ޕްލޭން ޤަބޫލުކޮށް ހުއްދަދިނުމާ ހަމައަށް ކުރަންޖެހޭ އެންމެހާ ކަންކަމަށް ހިގާނެ ޖުމްލަ ޚަރަދު (ދިވެހި ރުފިޔާއިން) ހިމަނަންވާނެއެވެ.

8.04-        ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ވަނަވަރު/ޕްރޮފައިލް ހުށަހަޅަންވާނެއެވެ.

8.05-        ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި މިމަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހިންގާފައިވާ މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތު ހެއްކާއެކު ހުށަހަޅަންވާނެއެވެ.

8.06-        މަސައްކަތުގައި ބައިވެރިވާ ފަންނީ މުވައްޒަފުންގެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

8.07-        ސާވެޔަރުންގެ ގޮތުގައި ކަމާބެހޭ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔުން އަދި ކޮންސަލްޓެންޓެއްގެ ގޮތުގައި އީޕީއޭ އިން ދެއްވާފައިވާ ހުއްދަ ހުށަހަޅަންވާނެއެވެ.

8.08-        ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

9-       އިތުރު މަޢުލޫމާތު:

9.01-        ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކޮށް ބ. ހިތާދޫ ކައުންސިލް އިދާރާއަށް އެޑްރެސް ކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ބ. ހިތާދޫ ލޭންޑް ޔޫސް ޕްލޭން ރިވައިސް ކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

9.02-        ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވަނީ: އަގަށް %70 މުއްދަތަށް ފަންނީ ޤާބިލުކަމަށް މަސައްކަތު ތަޖުރިބާއަށް

އިތުރު މަޢުލޫމާތު މިއިދާރާގެ ފޯން 6600007 އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ.

27 އޮކްޓޫބަރު 2021