ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2021/30
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 09:51
ސުންގަޑި: 04 ނޮވެންބަރު 2021 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލަށް ބޭނުންވާ ގައުން އަދި ގައުން ފަހާފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ:   137-IU/PR/2021 /30

ޕްރޮޖެކްޓް ނަމްބަރ:   137-PR/2021/G-10

 

ޕްރޮޖެކްޓްގެ ނަން:   އައި.ޖީ.އެމް ހޮސްޕިޓަލަށް ބޭނުންވާ  ގައުން އަދި ގައުން ފަހާފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

 

މި ހޮސްޕިޓަލަށް ބޭނުންވާ  ގައުން އަދި ގައުން ފަހާފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ޖުލައި ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2021/22 އިޢުލާނާއި ގުޅިގެން  ހުށަހަޅާފައިވާ ސާމްޕަލްތަކުގެ ކޮލެޓީ އެކަށީގެންނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. ބީލަން ހުށަހަޅާ ފަރާތަކީ  ޚިދުމަތް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ  އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވާންވާނެއެވެ.
  2. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރ އަދި  ފޯނު ނަމްބަރ އެނގޭނެހެން 27 އޮކްޓޯބަރ 2021 އިން ފެށިގެންތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
  3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި “Doc 01”ގައި ބަޔާންކޮށްފައިވާނެއެވެ. އަދި މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް  http://www.igmh.gov.mv/publications/tenders  އިން 31 އޮކްޓޯބަރ 2021 ގެ 13:00 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
  4. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 08 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
  6. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 

                                               21 ރަބީޢުލްއައްވަލް 1442

27 އޮކްޓޯބަރ  2021

27 އޮކްޓޫބަރު 2021