ތަމްރީނު
ނަންބަރު: (IUL)28-PM-1/1/2021/225
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 08:47
ސުންގަޑި: 07 ނޮވެންބަރު 2021 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

2022 ޖޫން ގައި ފެށުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

 

ކޯސް:

ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ (ޔޫ.އެސް.އެން.އޭ) ކްލާސް އޮފް 2026

ޖާގައިގެ ޢަދަދު:

06

އިންސްޓިޓިއުޓް / ޤައުމު :

ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ / އެމެރިކާ

ކޯސް ފެށޭ ތާރީޚް:

ޖޫން 2022

މުއްދަތު:

4 އަހަރު

ކޯހުގެ ބާވަތް

ނޭވީ

ކޯހުން ހާޞިލްވާ ތަޢުލީމީ ފެންވަރު:

ބެޗްލަރސް ޑިގްރީ

ކުރިއަށް ދެވިދާނެ ދާއިރާތައް:

  1. އެއޮރޯސްޕޭސް އިންޖިނިއަރިންގ
  2. ކެމިސްޓްރީ
  3. ކޮމްޕިއުޓަރ ސައިންސް
  4. ސައިބަރ އޮޕްރޭޝަންސް
  5. އިންފޮމޭޝަން ޓެކްނޮލޮޖީ
  6. އިކޮނޮމިކްސް
  7. އިލެކްޓްރިކަލް އިންޖިނިއަރިންގ
  8. ސައިންސް
  9. އޯޝަނޮގްރޮފީ
  10. މެތަމެޓިކްސް
  11. ނޭވަލް އާރކިޓެކްޗަރ
  12. އޮޕަރޭޝަންސް ރިސަރޗް
  13. ފިޒިކްސް
  14. ޕޮލިޓިކަލް ސައިންސް
  • މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާއި ބެހޭ މަޢުލޫމާތު އެކެޑަމީގެ އޮފިޝަލް ވެބްސައިޓް http://www.usna.edu އިން ލިބިލައްވާނެ.

ޝަރުތު:

  • 2022 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުން.
  • އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން. (މިގޮތުން ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުން.
  • ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)
  • ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގުއޭޖް (TOEFL) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)
  • (SAT) ނުވަތަ ACT)) އާއި (TOEFL) ނަތީޖާ 31 ޖެނުއަރީ 2022 ގެ ކުރިން ލިބުން.

ސުންގަޑި

މިކޯހަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯރމް ފުރުއްވުމަށްފަހު، 2021 ނޮވެންބަރު 07 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އެމް.އެން.ޑީ.އެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް: [email protected]

  • ކޯސް އެޕްލިކޭޝަން ފޯރމް އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. www.mndf.gov.mv
  • މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމް.އެން.ޑީ.އެފް، ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ ނަންބަރު:3322607، އެކްސްޓެންޝަން: 2157، ނުވަތަ މޯބައިލް: 9871235 އަށް ގުޅުއްވުން އެދެމެވެ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
20 ރަބީޢުލްއައްވަލް 1443
26 އޮކްޓޫބަރު 2021