ތަމްރީނު
ނަންބަރު: (IUL)28-PM-1/1/2021/224
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 08:39
ސުންގަޑި: 07 ނޮވެންބަރު 2021 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

2022 ޖޫން 01 ގައި ފެށުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ކޯސް:

ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާރޑް އެކެޑަމީ (ޔޫ.އެސް.ސީ.ޖީ.އޭ) ކްލާސް އޮފް 2026

ޖާގައިގެ ޢަދަދު:

06

އިންސްޓިޓިއުޓް / ޤައުމު :

ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގަރޑް އެކެޑަމީ / އެމެރިކާ

ކޯސް ފެށޭ ތާރީޚް:

01 ޖޫން 2022

މުއްދަތު:

04 އަހަރު

ކޯހުގެ ބާވަތް

ކޯސްޓްގާރޑް

ކޯހުން ހާޞިލްވާ ތަޢުލީމީ ފެންވަރު:

ބެޗްލަރސް ޑިގްރީ

ކުރިއަށް ދެވިދާނެ ދާއިރާތައް:

  1. ސިވިލް އިންޖިނިއަރިންގ
  2. މެކޭނިކަލް އިންޖިނިއަރިންގ
  3. އިލެކްޓްރިކަލް އިންޖިނިއަރިންގ
  4. ނޭވަލް އާރކިޓެކްޗަރ
  5. މެނޭޖްމަންޓް
  6. އޮޕަރޭޝަންސް ރިސަރޗް
  7. މެރިން އެންޑް އެންވައިރްމަންޓަލް ސައިންސް
  8. ޕްރޮފެޝަނަލް މެރިޓައިމް ސްޓަޑީޒް
  9. ސްޓްރެޓެޖިކް އިންޓެލިޖެންސް ސްޓަޑީޒް
  • މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާއި ބެހޭ މަޢުލޫމާތު އެކެޑަމީގެ އޮފިޝަލް ވެބްސައިޓް http://www.cga.edu/ އިން ލިބިލައްވާނެ.

ޝަރުތު:

  • 2022 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުން.
  • އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން. (މިގޮތުން ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުމާއި ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅުފަރާތެއް ކަމުގައި ވުން.
  • ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)
  • ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގުއޭޖް (TOEFL) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)

ސުންގަޑި

މިކޯހަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯރމް ފުރުއްވުމަށްފަހު، 2021 ނޮވެމްބަރު 07 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން، އެމް.އެން.ޑީ.އެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް: [email protected]

  • ކޯސް އެޕްލިކޭޝަން ފޯރމް އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. www.mndf.gov.mv
  • މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމް.އެން.ޑީ.އެފް، ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ ނަންބަރު:3322607، އެކްސްޓެންޝަން: 2157، ނުވަތަ މޯބައިލް: 9871235 އަށް ގުޅުއްވުން އެދެމެވެ.
 
 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

20 ރަބީޢުލްއައްވަލް 1443

 

26 އޮކްޓޫބަރު 2021