ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-RM/328/2021/66
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 08:02
ސުންގަޑި: 17 ނޮވެންބަރު 2021 11:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ގަންނަން ބޭނުންވެއްޖެ.

 އިޢްލާން

 

ޕިކަޕެއް ގަންނަން ބޭނުންވެއްޖެ.   

       މިއިދާރާއަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       ޕްރީ ބިޑް މީޓިންގ އޮންނާނީ 17 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00ގައި މިއިދާރާގައެވެ. ޕިކަޕް ވިއްކަވަން ޝައުޤުވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުން އޮންނާނީ ޕްރީ ބިޑް މީޓިންގގައެވެ.

       ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 14 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ، އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

1-  އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-  ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-  ގުޅޭނެ ފޯނު ނަންބަރު

4-  އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، ޕްރީ ބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓެޗް ކުރަންވާނެއެވެ.

 

       އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:30 ގައި މިއިދާރާ ގައެވެ. ޕްރީ ބިޑް މީޓިންގގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6620001 ނުވަތަ 6620456 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

       މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

       18 ރަބީޢުލްއައްވަލް 1443

       24 އޮކްޓޯބަރ 2021

24 އޮކްޓޫބަރު 2021