ވަޒީފާގެ ފުރުޞަތު
ނަންބަރު: Q10C-A/2021/11
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 19:49
ސުންގަޑި: 07 ނޮވެންބަރު 2021 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރ: Q10C-A/2021/11

ތާރީޚް:  26 އޮކްޓޫބަރު 2021

މަޤާމް

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން (ވަގުތީ)

ރޭންކް:ޖީ.އެސް 4     

ކުލަސިފިކޭޝަން

އޮފިސަރ ގްރޭޑް - 2

މުއްދަތު: ވަޒީފާއަށް ނެރޭ ތާރީޚުން ފެށިގެން 18 އެޕްރީލް 2022 އަށް. އެހެންނަމަވެސް މި މުއްދަތު އިތުރު ކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވޭ.

އަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ހުވަދުއަތޮޅި ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/5020

އެލަވަންސް

-   ސާރވިސް އެލަވަންސް -/1500ރ

-   ޖުޑީޝަލް އެލަވަންސް: މުސާރައިގެ % 35 (1757/-ރ)

-   ލިވިންގް އެލަވަންސް -/2550ރ

-   ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

-   ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުޠު

1-  ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސުކޫލް" ސެޓްފިކެޓް އިމްތިޚާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2-  މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3-   'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ،

4-  މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

އެހެނިހެން ޝަރުޠު

1-     ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2-  ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1-  ކޯޓުގެ މުހިންމު ލިޔެކިޔުންތައް ސްކޭންކުރުމުގެ މަސައްކަތް ކޯޓުން އަންގަވާގޮތެއްގެ މަތިން ކުރުން.

2-  މިކޯޓާއި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކުގެ ކޮމްޕިއުޓަރަށާއި ނެޓްވޯރކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުން.

3-  އަތޮޅުގެ ކޯޓްތަކުގެ ކޮމްޕިއުޓަރަށާއި ނެޓްވޯރކްއަށް ދިމާވާ މައްސަލަތައް ހައްލުކުރުން.

4-  އައިޓީ ކަންތައްތަކާއި ގުޅިގެން އަންނަ މެސެޖް / ސިޓީތަކަށް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތީން ޖަވާބުދިނުން .

5-  ވީޑިޔޯ/ އޯޑިޔޯކޮށް ބާއްވާ ކޮންފްރެންސްތައް ބޭއްވޭނޭ އިންތިޒާމް ހަމަޖެއްސުން.

6-  އައިޓީއަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެޑްމިނިސްޓްރޭޓްރގެ މަޝްވަރާގެ މަތިން ކުރުން.

7-  އެޓެންޑެންސް ސިސްޓަމްގެ ސޮފްޓްވެއަރގެ މަސައްކަތްތަކާއި މެމްސްގެ އެޑްމިނިސްޓްރޭޓަރގެ މަސައްކަތްތައް ކުރަމުންގެންދިއުން .

8-  ސްޓޮކް އަޕްޑޭޓްކޮށް ބެލެހެއްޓުން.

9-  ކޯޓަށް ބޭނުންވާ ތަކެތި ހޯދުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޯޓް އެޑްމިނިސްޓްރޭޓަރ އަންގަވާގޮތެއްގެ މަތިން ކުރުން (އަގުބެލުމާއި ،ތަކެތި ނެގުމާއި،  މެސެޖް/ ސިޓީ ތައް ފޮނުވުން)

10-ޝަރީއަތްނިމުނުގޮތުގެ ރިޕޯޓަށް އެދި ހުށަހަޅާފަރާތްތަކަށް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ރިޕޯޓްދޫކުރުން.

11- ކޯޓުގެ މިނޫންވެސް އިދާރީ ގޮތުން ހަވާލުކުރާ މަސައްކަތްތަށް ކުރުން

12-އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤާވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ އެންމެހައި މަސައްކަތް ޤަވާއިދުން ކުރުން.

ތަޢުލީމީ ރޮނގު

ކޮމްޕިއުޓަރ ސައިންސް / އައިޓީގެ ދާއިރާ

މަސައްކަތާ ގުޅޭ ތަޢުލީމީ ސެޓްފިކެޓް

1. އިންފޮމޭޝަން ޓެކްނޮލޮޖީ

2. ނެޓްވަރކް މެނޭޖްމަންޓް

3. އައިޓީ ސެކިއުރިޓީ

4. ސޮފްޓްވެއަރ، ހާޑްވެއަރ އިންޖިނީރިންގ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަންގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައެވެ. މިގޮތުން މި ބައިތަކަށް ކަޑައެޅިފައިވަނީ:

ކޮންޕިޓެންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ(%)

ތަޢުލީމް

%30

މަސައްކަތުގެ ތަޖުރިބާ

މަސައްކަތަށް ބޭނުންވާ ހުނަރު

އިންޓަވިއު

%50

 

ހުށަހަޅަންޖެހޭ ތަކެތި

1-  ފުރިހަމަ ކޮށްފައިވާ، ޝަރުއީދާއިރާގެ ވަޒީފާއަށް އެދޭ ފޯރމް.

2-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4-  ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓުގެ ކޮޕީ އާއެކު

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔމާއެކު ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

7- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

8-ޝަހާދާ ޘާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނަކުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޝަން އެކްރެޑިޓްކޮށް ހުށަހެޅުން.

       

 

ސުންގަޑި:

07 ނޮވެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓުގެ ކައުންޓަރަށް ނުވަތަ މިކޯޓުގެ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

-      މިމަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

-      އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިރއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

-      މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިޔުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.

-      ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަޔަށް ހުށަހަޅާފައިނުވާ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވަހަކަ ދެންނެވީމެވެ.

-      ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުންނާއި މިކޯޓުގެ courts.gov.mv އިން ލިބެން ހުންނާނެއެވެ.

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

-      ދިވެހިބަހުން ކޮންޕިއުޓަރުން ލިޔަން ފަރިތަ ފަރާތަކަށްވުން.

-      ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.

-      ގިނަވަގުތު އޮފީހުގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

-      މައިކުރޮސޮޕްޓް ވޯޑް،އެކްސެލް އެކަށީގެންވާ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

20 ރަބީޢުލްއައްވަލް 1443

26 އޮކްޓޫބަރު 2021

26 އޮކްޓޫބަރު 2021