ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)450-CA/450/2021/20
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 08 ނޮވެންބަރު 2021 13:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް އުސޫލުން)

މަގާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ  (ކޮންޓްރެކްޓް އުސޫލުން)

 

ބޭނުންވާ ޢަދަދު

01

 

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

 

ރޭންކް

އެމް.އެސް 1

 

މުސާރަ

މަހަކު 5610 ރުފިޔާ

 

ސަރވިސް އެލަވަންސް

މަހަކު 2000 ރުފިޔާ

 

ލިވިންގ އެލަވަންސް

މަހަކު 3000 ރުފިޔާ

 

ރިސްކް އެލަވަންސް

50 ރުފިޔާ  (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް)

 

މުއްދަތު

06 މަސް ދުވަސް

 

އެހެނިހެން

މަގާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

 

ތަޢުލީމާއި ތަޖުރިބާ

 

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 

 

 

 

 

ތައުލީމީ ފެންވަރު:

-        މެނޭޖްމަންޓް، ފައިނޭންސް، ހިއުމަން ރިސޯސް ނުވަތަ މި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ލެވެލް 5) ހާސިލްކޮށްފައިވުން

މަސައްކަތުގެ ތަޖުރިބާ:

-        އެޑްމިނިސްޓްރޭޝަން، ފައިނޭންސް، ހިއުމަން ރިސޯސަސް ނުވަތަ މި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

  1. އޮތޯރިޓީގެ މެއިން ލައިނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދީ، ކަމާގުޅޭ ފަރާތްތަކަށް ގުޅުވައިދިނުމާއި، ލިބޭ ސިޓީއާއި އެހެނިހެން ތަކެތި އެންޓްރީކުރުމަށްފަހު ހަވާލުކުރާ ސިޓީއާއި އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ޑިޕާޓްމަންޓްތަކަށް ދުވަހުން ދުވަހަށް ރައްދުކުރުމާއި އާންމުކޮށް ފައިލްކުރަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް ފައިލްކޮށް ފަސޭހައިން ފެންނާނެހެން ތަރުތީބުކޮށް ބެލެހެއްޓުމާއި، އޮފީހުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުމާއި ސުޕަވައިޒްކުރުން.
  2. އޮތޯރިޓީގެ ތިޖޫރީ ބެލެހެއްޓުމާއި ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާގުޅިގެން ތައްޔާރުކުރަން ޖެހޭ ލިޔެކިއުންތައް ތައްޔާރުކުރުމާއި ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުމާއި އެކަމާ ގުޅޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  3. ބިޑްކޮށްގެން ހޯދަންޖެހޭ ތަކެތި ފިޔަވައި އޮތޯރިޓީގެ ލިޔެކިއުމަށާއި، އެނޫންކަންކަމަށް އޮތޯރިޓީއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގައި މާލިއްޔަތު ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ އިރުށާދާއެކު ކުރުމާއި އެކަމާ ގުޅޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  4. އޮތޯރިޓީގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުމާއި، އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވައިދުން ރެކޯޑް ކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  5. މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އޮތޯރިޓީގެ ސްޓޮކް ބެލެހެއްޓުމާއި އެކަމާ ގުޅޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  6. އޮތޯރިޓީއިން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށް ބޭނުންވާ ލިޔެކިއުންތަކާއި ސޮއި ހަމަކޮށް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ސެޕް ސިސްޓަމް މެދުވެރިކޮށް ޕޭމަންޓް ވައުޗަރ ޕޯސްޓް ކުރުން.
  7. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

 

މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

1-  ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

3-  ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

 

އިތުރު މަޢުލޫމާތު:

1-     މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2-     މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.  

3-     މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓްގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

4-     އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

5-     މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 3 އަށެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 08 ނޮވެމްބަރ 2021 ގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ލިބުނު ކަމަށް ރިޕްލައި އެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ.  

 

ނޯޓް: ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން:

http://www.fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv   

ފޭސްބުކް: www.facebook.com/fpa.maldives

 

26 އޮކްޓޫބަރު 2021