ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)164-HR/1/2021/65
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 04 ނޮވެންބަރު 2021 13:30
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސީނިއަރ ސޮފްޓްވެއަރ އިންޖިނިއަރ - ގަވަރމަންޓް ޕްރޮޑަކްޓިވިޓީ

އިއުލާން

ސީނިއަރ ސޮފްޓްވެއަރ އިންޖިނިއަރގެ މަގާމަށް މީހަކު ހޮވުމަށް 10 އޮކްޓޫބަރ 2021 ވަނަ ދުވަހު ކުރެވުނު ނަންބަރ (IUL)164-HR/1/2021/59 އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މިމަގާމަށް އަލުން އިއުލާން ކުރަމެވެ.

 

ގަވަރމަންޓް ޕްރޮޑަކްޓިވިޓީ އިނީޝިއޭޓިވްގެ މަޤްޞަދަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކުރުމަށްޓަކައި ބޭނުންވާ ސިސްޓަމްތައް ޤާއިމްކުރުމާއި މިހާރު ބޭނުންކުރެވޭ ސިސްޓަމްތައް އިތުރަށް ހަރުދަނާކުރުމެވެ.

މަޤާމް:

ސީނިއަރ ސޮފްޓްވެއަރ އިންޖިނިއަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ / މާލެ، ދިވެހިރާއްޖެ

މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

މަޤާމަށް އެދި ހުށަހަޅުއްވަންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 04 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ޓަރމްސް އޮފް ރިފަރަންސްގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު މިއޮފީހުގެ އީމެއިލް: [email protected] ފޮނުއްވުން އެދެމެވެ. އީމެއިލް ލިބުނުކަމުގައި ބަލާނީ މި އިދާރާއަށް އީމެއިލް ލިބިފައިވާ ގަޑިއެވެ.

މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 އަށެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ.

26 އޮކްޓޫބަރު 2021