ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)370-ESMS SC/370/2021/18
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 27 އޮކްޓޫބަރު 2021 00:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑު ބޭނުންކުރަންވީގޮތުގެ އުސޫލާއި ގުޅޭ

a

                        &

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ

ފ. ފީއަލީ،

              ދިވެހިރާއްޖެ.   

                                        ނަންބަރ: (IUL)370-ESMS SC/370/2021/18

 

އިއުލާން

 

ފުޓްބޯޅަ ދަނޑު ބޭނުންކުރަންވީގޮތުގެ އުސޫލާއި ގުޅޭ

 

        ފ.ފީއަލީ ފުޓުބޯޅަ ދަނޑާއި 4 ވޮލީ ކޯޓުގައި ކުޅިވަރުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލު ނަންބަރު: (OTHER)370-ESMS SC/370/2020/31 ( 2020/6/29 ) ގައިވާ "ފުޓުބޯޅަ ދަނޑު ބޭނުންކުރަންވީގޮތް" މިހެޑިންގެ ދަށުން ފ.ފީއަލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 12 ވަނަ ޢާއްމު ޖަލްސާއިން ނަންބަރެއް އިތުރުކުރުމަށް ނިންމާފައިވާތީ އެކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރަމެވެ.

 

ފުޓްބޯޅަ ދަނޑު ބޭނުންކުރަންވީގޮތް މިހެޑިންގެ ދަށުން 09 ވަނަ ނަންބަރު އިތުރުކޮށްފައިވާ ގޮތް:

 

                  " ޢާންމުކޮށް ހަވީރުގެ ވަގުތުގައި ދަނޑުގައި ކުޅެވޭނީ 16:30 ށް ދަނޑަށް ޙާޟިރުވާ މީހުންގެ މެދުގައި ބައި ބަހައި، ކޮޅަކަށް 11 ކުޅުންތެރިން ހިމަނަގައިގެންނެވެ. އަދި އެންމެ ފުރަތަމަ ކުޅޭ ކޮޅަކަށް 11 ކުޅުންތެރިން ފިޔަވައި އެހެން ކުޅުންތެރިންނަށް ކުޅެވޭނީ، އެންމެ ފުރަތަމަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު ދަނޑުން ފޭބުމުންނެވެ. އަދި ކޮންމެ ދުވަހެއްގެ ކުޅުން 18:00 ށް ނިންމަންވާނެއެވެ."

      ވީމާ މަތީގައި ދަންނަވާފައިވާ އުޞޫލަށް އިތުރުކޮށްފައިވާ 09 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން 27 އޮކްޓޫބަރު 2021 ދުވަހުން ފެށިގެން ކުޅިވަރު ދަނޑުތަށް ބޭނުންކުރާ އެންމެހާ ފަރާތްތަކުން ޢަމަލުކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

                

1443 C 20

26 އޮކްޓޯބަރ 2021

                                            

  

                                                              މޫސާ އަޙްމަދު

                                                               ފީއަލީ ކައުންސިލްގެ ރައީސް

26 އޮކްޓޫބަރު 2021