މަސައްކަތް
ނަންބަރު: (IUL)395-02/395/2021/77
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 10 ނޮވެންބަރު 2021 13:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.އިސްދޫ ބޮޑު ފުޓްބޯޅަ ދަނޑުގެ ބޯޅަގޭގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ލ.އިސްދޫ ބޮޑު ފުޓްބޯޅަ ދަނޑުގެ ބޯޅަގޭގައި ނުނިމިހުރި މަސައްކަތްތައް ކުރަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރެއްވުން އެދެމެވެ.

 

1 . ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  02 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހު 11:00 ގެ ކުރިން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

2 . މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ  02 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހު 13:00ގައި ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

3 . ބިޑް ހުޅަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ  10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

        

      ގަޑިޖެހިގެން ބިޑުހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ ނަމްބަރ 9762719 ފޯނަށް ގުޅުއްވުން އެދެމެވެ.

26 އޮކްޓޫބަރު 2021