މަސައްކަތް
ނަންބަރު: (IUL)221-ASS/221/2021/67
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 09 ނޮވެންބަރު 2021 10:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ރިނޮވޭޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

ރިނޮވޭޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތައް ރިނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތައް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

މި މަސައްކަތުގައި ރަޖިސްޓްރީ ކުރުމަށް 2021 އޮކްޓޯބަރ 27 ވާ ބުދަ ދުވަހުން ފެށިގެން 2021 ނޮވެމްބަރު 09 ވާ އަންގާރަ ދުވަހުގެ 10:00 ގެ ނިޔަލަށް މި އޮތޯރިޓީއަށް ހާޟިރުވެ ބީލަންވެރިން ރެޖިސްޓަރ ކުރާ ޝީޓު ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 09 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މައުލޫމާތުޝީޓް އީމެއިލް ކުރެވޭނެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          

                             20 ރަބީއުލް އައްވަލް 1443   

 

26 އޮކްޓޫބަރު 2021