ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2021/36
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 31 އޮކްޓޫބަރު 2021 13:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ބޮޑުބެރު ވާރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު

ސަގާފީ ބޮޑުބެރު ޖަހައި އުޅުނު ގޮތާއި ސަގާފީ ލަވަ އާއިބެހޭ މަޢުލޫމާތު ހިއްސާކުރުމަށާއި މިމަޢުލޫމާތުތައް ފަހުގެ ޖީލުތަކަށް ފެންނާނެހެން ރެކޯޑްކޮށް ފަހަށް ރައްކާކުރުމުގެ މަޤްސަދުގައި މިސެންޓަރުން އިންތިޒާމްކޮށްގެން 3 ދުވަހުގެ މުއްދަތަށް ވާރކްޝޮޕެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިވާރކްޝޮޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު މާލޭގައި ބޮޑުބެރުޖަހާ އުޅޭ ގްރޫޕްތަކުގެ ބެރުވެރިންނަށް އަމާޒުކޮށްގެންނެވެ.

ވީމާ، މިވާރކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިސެންޓަރުގެ އީމެއިލް [email protected] އަށް ބައިވެރިވާ ފަރާތުގެ ނަން، ފޯނު ނަންބަރު އަދި ބޮޑުބެރު ގްރޫޕްގެ ނަމާއިއެކު މެއިލްއެއް ފޮނުއްވައިދެއްވުން އެދެމެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3313456 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

26 އޮކްޓޫބަރު 2021