މަސައްކަތް
ނަންބަރު: (IUL)113-PD/1/2021/104
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 02 ނޮވެންބަރު 2021 13:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، އެމް.ޕި.އެލްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ޕަވަރ ހައުސްއެއް ޑިޒައިންކޮށް ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، އެމް.ޕި.އެލްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ޕަވަރ ހައުސްއެއް ޑިޒައިންކޮށް ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު PD/1/2021/82  އިއުލާނާއި ގުޅިގެން ލިބިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ ނަމްބަރު އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

      ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފްކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

02 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑްއޮފީހުގައި އޮންނަ މައުލޫމާތު ސެޝަންއަށް ހާޒިރުވެ ރަޖިސްޓަރ ވުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް ސައިޓް އިންސްޕެކްޝަން ބާއްވާ ތާރީޚާއި ލޮކޭޝަން އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

14 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

 

        އަލަށް މި ބިޑްގައި ބައިވެރިވާ ފަރާތްތަކުން ސައިޓް އިންސްޕެްޝަންއަށް ހާޒިރު ނުވާނަމަ އެފަރާތްތަކުގެ  އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

26 އޮކްޓޫބަރު 2021