ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2021/112
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 08 ނޮވެންބަރު 2021 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު

       

ވަޒީފާގެ ފުރުޞަތު

ތާރީޚް  

 

26 އޮކްޓޯބަރު 2021             

ނަންބަރު  

     (IUL)168-CA/1/2021/112

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (އެންޓި-ޓޯޗަރ ސެކްޝަން)

މަޤާމު:        

 އިންވެސްޓިގޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު:   

 01 (އެކެއް)

 މަސައްކަތްކުރަންޖެހޭ ތަން        

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

 - މުސާރަ: މަހަކު -/10,550 ރުފިޔާ

 - ލިވިންގ އެލަވަންސް -/3000 ރުފިޔާ

 - ސާރވިސް އެލަވަންސް -/3500 ރުފިޔާ

 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި     

 ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:       

  1. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ
  2. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު) ޙާޞިލުކޮށްފައި ވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ޤާނޫނު ނަންބަރ 2013/13 (އެންޓިޓޯޗަރޤާނޫނު)ގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް، އެމައްސަލައެއް ހުށަހަޅާ ތާރީޚުން ފެށިގެން 03 މަސް ތެރޭގައި މައްސަލަ ބަލައި ނިންމުން.
  2. މައްސަލައާ ގުޅިގެން މަޢުލޫމާތު ހޯދުމަށް ކުރާ ޒިޔާރަތްތަކުގައި ބައިވެރިވުން.
  3. މައްސަލައާ ގުޅިގެން ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާން ނެގުން.
  4. މައްސަލަ ހުށަހެޅި ތާރީޚުން ފެށިގެން ގިނަވެގެން 2 މަސް ދުވަހުގެތެރޭގައި، އެ މައްސަލައެއްގެ ތަޙުޤީޤު ކުރިއަށް ގޮސްފައިވާ ހިސާބު މައްސަލަ ހުށަހެޅި ފަރާތަށް އެންގުން.
  5. މައްސަލަ ތަޙްޤީޤުކޮށް ނިމޭތާ 14 ދުވަސް ތެރޭގައި މައްސަލައިގެ ތަޙްޤީގު ރިޕޯޓް މައްސަލަ ހުށަހެޅި ފަރާތައް ދިނުން.
  6. ޓޯޗަރ އަމަލު ހިންގި ކަމަށް ފާހަގަ ކުރެވޭނަމަ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެމައްސަލައެއް 14 ދުވަހުގެ ތެރޭގައި ފީޖީ އޮފީހަށް ފޮނުވުން.
  7. ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ބެލުމަށް ޙަވާލުކުރާ މައްސަލަތައް، ޑިރެކްޓަރުގެ ލަފާގެ މަތިން ތަޙްޤީޤުކޮށް ބެލުން.
  8. މައްސަލަތައް ބެލުމުގައި ޙާޒިރު ކުރަންޖެހޭ ފަރާތްތައް ޙާޒިރުކުރުމާ ކަމާބެހޭ ދާއިރާތަކަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުން.
  9. ހުށަހެޅޭ މައްސަލަތަކުގައި މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާ މުޢާމަލާތުކޮށްގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.
  10. ކޮމިޝަންގެ ޓޯލް-ފްރީ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމަށްޓަކައި ޑިޕާޓްމަންޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން ޑިއުޓީ އަދާކުރުން. 
  11. ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން އެހެން ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު، ކަނޑައެޅިފައިވާ ޤަވާޢިދާއި އުސޫލުތަކާއި އެއްގޮތަށް ދިނުން.
  12. ތަޙްޤީޤުކުރުމާގުޅިގެން ކުރަންޖެހޭ އެކިއެކި ދިރާސާތައްކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.
  13. މައްސަލަތަކާބެހޭގޮތުން ހޯދަންޖެހޭ މަޢުލޫމާތު ޑޮކިއުމެންޓްކުރުމާއި މިފަދަ ޑޮކިއުމަންޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  14. މައްސަލަތައް ބެލުމުގައި މިކަމަށް ކަޑައެޅިފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކަންތައްތައް ކުރުން.
  15. ކޮމިޝަނުގެ ފަރާތުން ބައިވެރިވާންޖެހޭ ސެމިނާ، ވަރކްޝޮޕް އަދި ޓްރޭނިންގތަކުގައި ބައިވެރިވުމާއި، އަދި ކޮމިޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން.
  16. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  17. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  18. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތައްކުރުމާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

 ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި       

2021 ނޮވެންބަރު 8 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                      

އެހެނިހެން      

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސްއާއި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމަ ވަޒީފާ ދާއިމީ ކުރާ ތާރީޚުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  7. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  8. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  9. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  10. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  11. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

http://www.hrcm.org.mv/aboutus/announcements/others/JobApplicationForm2021.pdf

  1. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003115 ނުވަތަ 3003113 އަށެވެ. 
  2. އެޕްލިކޭޝަން ފޯމު ފޮނުއްވާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.  މެއިލްކުރައްވާނީ ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

                   

 

 

26 އޮކްޓޫބަރު 2021