ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2021/77
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 31 އޮކްޓޫބަރު 2021 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯނޑެއްދޫ ފެން ޕްލާންޓް ކައިރީގައިހުރި ރުއްގަހާއި ގުޅޭ؛

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބެލުމުގެ ދަށުގައިހުރި ފެން ޕްލާންޓް ހިމެނޭ ބިމުގެ އުތުރު ފަރާތަށް (ކަޓޮއްލާ ޖަމްޢިއްޔާގެ އިދާރީ އޮފީސް ހިންގުމަށް ދޫކޮށްފައިވާ ބިން) އޮންނަ ބިމުގެ އެންމެ ދެކުނު ފަރާތު ޕްލާންޓާއި ކައިރީގައި ހުރި 1 ދިވެހިރުކާއި، 1 ފުނަގަސް އަދި ޕްލާންޓް ގޯތީގެ އިރުއުތުރު ފަރާތުގައިހުރި 1 ދިވެހި ރުކާއި ޖުމްލަ 2 ދިވެހިރުކާއި 1 ފުނަ ގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ،  އެސަރަޙައްދުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެތިގަންނަ ވަކަރުލާމޮޅުރުއް، ފޯދުނު ރަގަޅުރުއް، ފޯދުނު އާދައިގެރުއް، ފޯދުނު ދެރަރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެރުއް، ނުފޯދޭ ކުޑަރުއް) އާއި ފުނަ ގަސް (ވަށަމިން ސެންޓިމީޓަރުން ބަޔާންކޮށް) އެގޭނެގޮތަށް 2021 އޮކްޓޯބަރ 31 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2021