ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްގޭސްގެ ތިލަފުށީ ގޭސް ޕްލާންޓްގައި ފަޔާރ ސިސްޓަމްތަކުގެ ރެނޮވޭޝަން މަސައްކަތެއް ކުރުމަށް ބޭނުން ވާތީވެ މިމަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އާއްމުކޮށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
02 ނޮވެމްބާރ 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ) |
އަންދާސީ ހިސާބު ހުށަހެޅުމަށް |
09 ނޮވެމްބާރ 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ) |
ނޯޓް:
- އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށާއި އަދި މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
- މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.
25 އޮކްޓޯބަރ 2021
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު