ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2021/51
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: މަލްޓިމީޑިއާ ކޯޑިނޭޓަރ |
- މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް: -/2,360 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ |
ބޭނުންވާ އަދަދު: 1 |
1- ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ) ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 (އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ) ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މި ކޯޕަރޭޝަނުގެ ޑިޖިޓަލްމީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން. - ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކޮންމެ އަހަރަކު ތައްޔާރުކުރެވޭ ޑިޖިޓަލް އެންޑް އޮންލައިން މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން. - މި ކޯޕަރޭޝަނުން ކުރިއަށްގެންދެވޭ އެކި މާކެޓިންގެ ކެމްޕެއިންތަކުގެ މައުލޫމާތު ސުޕަވައިޒަރުގެ ލަފާގެދަށުން ކަނޑައެޅޭ މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުން. - ޑިޖިޓަލް މާކެޓިންގ ކެމްޕެއިންތައް ހަރުދަނާކުރުން. - ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކުރިއަށްގެންދެވޭ އޮންލައިން ޖޮއިންޓް ކެމްޕެއިންތަކުގެ މައުލޫމާތު ހޯދައި މެނޭޖްމަންޓާއި ހިއްސާކުރުން. - ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމްތަކަށް އަންނަ ބަދަލުތައް ދެނެގަނެ އެބަދަލުތަކަށް އަހުލުވެރިވެ އެ ބަދަލުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން. - މިކޯޕަރޭޝަނުގެ ފަރާތުން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަދި އެހެނިހެން ބޭނުންތަކަށް ޑިޒައިން ކުރަން ބޭނުންވާ ތަކެތި ޑިޒައިންކުރަންޖެހިއްޖެ ހާލަތެއްގައި ޑިޒައިންކުރުން. - މި ކޯޕަރޭޝަނުން ހިންގާ މާކެޓިންގ ހަރަކާތްތަކުގެ ފޮޓޯ، ވީޑިއޯ އަދި އެހެނިހެން މަޢުލޫމާތުތައް ސުޕަރވައިޒާގެ ލަފާގެ ދަށުން ޑިޖިޓަލް މީޑިއާ ޕްލެޓް ފޯމްތަކަށާއި، މި ކޯޕަރޭޝަންގެ ވެބްސައިޓަށް އަޕްލޯޑު ކުރުން. - މި ކޯޕަރޭޝަންގެ ވެބް ސައިޓަށް އަޕްލޯޑް ކުރާ މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތުތޯ ކަށަވަރު ކުރުމާއި، އަދާހަމަ މަޢުލޫމާތު ވެބްސައިޓަށް އަޕްލޯޑް ކުރުން - ޑިޖިޓަލް މީޑިއާ ސެކްޝަންގެ އަހަރީ ބަޖެޓް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން - ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. - ވަޒީފާގެ ބަޔާނުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާއި އަދި މި ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން |
|
3- ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 31 އޮކްޓޫބަރ 2021 ވަނަ ވާ އާދިއްތަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4 - ހުށައަޅަންޖެހޭ ލިޔުންތައް: - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ). - ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން. - ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީވީ. - ޕޮލިސް ރިޕޯޓް |
|
5 - އިތުރު މަޢްލޫމާތު:
6- އެޑްރެސް ކުރައްވާނީ: ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |
|
|