ބީލަން
ނަންބަރު: (IUL)GS-82/2021/20
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 04 ނޮވެންބަރު 2021 11:00
މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ވިޔަފާރިގެ އުސޫލުން މި ސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯރމް ސްކޫލުން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށް އޮތް  ފަސްއަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.

މިބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ.

މި ބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 4 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލުގައެވެ. ބިޑް ހުށަހެޅުން އޮންނާނީ 9 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.   ބިޑް ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުކަމުގައިވާނަމަ މިސްކޫލުގެ ފޯނު ނަންބަރު 6500535 ނުވަތަ 7368635 ނަންބަރަށް ގުޅުއްވުން އެދެމެވެ.

25 އޮކްޓޫބަރު 2021