ދިވެހިރާއްޖެ
ވެހިކަލެއް ހޯދުން
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކުނި މެނޭޖުކުރުމުގެ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫޢަށް ވެހިކަލެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ތިރީގައި ދީފައިވާ ސްޕެސިފިކޭޝަންގެ ޕިކަޕެއް މި އިދާރާއަށް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތަކަށް ބީލަމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލަމެވެ.
Description |
Unit |
Specification |
Payload Capacity |
kg |
350 |
Passenger Capacity |
nos |
2 |
Propellant |
- |
Petrol |
Transmission |
- |
Automatic |
Drive |
- |
Right hand drive |
Steering |
- |
Power steering |
Turning Radius |
m |
3.6 – 4.5 |
Length |
m |
3.2 – 3.5 |
Width |
m |
1.4 – 1.5 |
Height |
m |
1.6 – 1.8 |
Wheel Base |
m |
1.8 – 1.9 |
Ground Clearance |
cm |
15 - 17 |
Drivetrain |
- |
2WD |
Engine |
|
Petrol Engine with EFI fuel system |
Engine Displacement (Cc) |
cc |
540 - 660 |
Engine Cooling |
- |
Water-cooled |
Minimum Emission Standards |
- |
Euro 3 or higher |
Deck Type |
- |
Standard deck with 3 side drop |
Enclosed Driver Cab |
- |
Air conditioning system Sun wiser |
Operator Seat |
- |
Standard seat with seat belt |
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2021 އޮކްޓޫބަރު 31 ވާ އާދީއްތަ ދުވަހު މެންދުރު ފަހު 1:00ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.
https://forms.gle/G9kpq2nPTTPuM98JA
ބީލަމާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިޔަށް ދާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
1 ނޮވެންބަރު 2021 (ހޯމަ) މެންދުރު ފަހު 1:00 |
ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން |
14 ނޮވެންބަރު 2021 (އާދީއްތަ) މެންދުރު ފަހު 1:00 |
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅާންވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.
މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ.
އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |
|
ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް (ޢަލީ މުޒުހިރު، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް): |
7841529 |
19 ރަބީޢުލްއައްވަލް 1443ހ.
25 އޮކްޓޫބަރު 2021މ.