ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 216-MPAO-CA/IUL/2021/30
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 17:00
ސުންގަޑި: 04 ނޮވެންބަރު 2021 10:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މިއޮފީހަށް 01 މަލްޓިފަންކްޝަނަލް ޕްރިންޓަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިއޮފީހުންދޭ މަޢުލޫމާތާއި އެއްގޮތަށް މިއޮފީހަށް 01 މަލްޓިފަންކްޝަނަލް ޕްރިންޓަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

މަޢުލޫމާތު ސާފުކުރުން: 

28 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެއްވެސް ސުވާލެއް ނުވަތަ ސާފުކުރަންބޭނުންވާ މަޢުލޫމާތެއް ވާނަމަ އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުން އެދެމެވެ.

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 04 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

ވީމާ، މި ޕްރިންޓަރ ސަޕްލައިކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމަށްފަހު މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.  

24 އޮކްޓޫބަރު 2021