މަސައްކަތް
ނަންބަރު: 2021/09/(IUL)P2C
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 01 ނޮވެންބަރު 2021 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވާރޭވެހޭ ދުވަސްތަކުގައި މިކޯޓުގެ ފުރާޅުންނާއި ފާރުން ކޯޓުތެރެއަށް ފެންލީކުވާ މައްސަލަ ހައްލު ކޮށްދޭނެ ފަރާތެއް ހޯދުން

ވާރޭވެހޭ ދުވަސްތަކުގައި މިކޯޓުގެ ފުރާޅުންނާއި ފާރުން ކޯޓުތެރެއަށް ފެންލީކުވާ މައްސަލަ ހައްލު ކޮށްދޭނެ ފަރާތެއް ހޯދުން

 

ވާރޭ ވެހޭ ދުވަސްތަކުގައި މިކޯޓުގެ ފުރާޅުންނާއި ފާރުން ކޯޓު ތެރެއަށް ފެންލީކުވާ މައްސަލަ ހައްލުކުރުމަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: 08/2021/(IUL)P2C  (17 އޮކްޓޯބަރ 2021) އިޢުލާނާއި ގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިޔުންތައް ހަމަނުވާތީ، އެ އިޢުލާން ބާޠިލްކޮށް މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

 

މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 12:30 ގެ ކުރިން 9553003 ނަންބަރަށް ގުޅުއްވައިގެން ނުވަތަ މިކޯޓުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްގެން ބޭނުންފުޅުވާ މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު ހަމަ އެދުވަހުގެ (01 ނޮވެމްބަރ 2021)  13:00 އަށް މިކޯޓަށް ޙާޟިރުވެ އެސްޓިމޭޓު ހުށަހެޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

24 އޮކްޓޫބަރު 2021