ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)283-AH/2021/56
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 31 އޮކްޓޫބަރު 2021 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސުޕަވައިޒަރ

މަޤާމް:

ސުޕަވައިޒަރ

އޮފީސް:

ށ.ފުނަދޫ ކައުންސިލްގެ އިދާރާ / މަގޭ ސާފު ފުނަދޫ

މުސާރަ:

ސަރވިސް އެލަވަންސް:

އުޖޫރައާއި ޢިނާޔަތްތައް:

މަސައްކަތް ކުރަންޖެހޭ ވަގުތު:

މަހަކު 5,000/-  ރުފިޔާ

-/2,000 ރުފިޔާ

އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެ

ސަރުކާރުގެ ރަސްމީ ވަގުތު

ވަޒީފާގެ މުއްދަތު:    

ވަޒީފާގެ ބާވަތް:

ބޭނުންވާ އަދަދު:

01 އަހަރު

ކޮންޓްރެކްޓް

02

މަޤާމުގެ ޝަރުތު:

 

1-    އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ

2-    ހިންގުމުގެ ދާއިރާއިން 04 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-    ސަރުކާރުގެ އިދާރާއެއްގައި އިދާރީ މަސައްކަތުގައި އުޅެ 08 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

01. މަގޭ ސާފު ފުނަދޫ ޕްރޮގްރާމްގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން

02. މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން

03. ޕްރޮގްރާމްގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

04. ކުނިކޮށްޓަށް ބޭނުންވާ މެޝިނަރީ އާއި އިކިއުޕްމަންޓް ހޯދުމަށް މަސައްކަތްކުރުން.

05. ދުވަހުން ދުވަހަށް މަސައްކަތްތައްރާވާ މޮނީޓަރކުރުން.

06. ޕާކުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

07. ބަނދަރު ސަރަހައްދާއި މަގުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

08. ޕްރޮގްރާމްގެ މުވައްޒަފުންގެ ޗުއްޓީއާއި އިތުރުގަޑީގެ ކަންކަން މޮނީޓަރކޮށް ބެލެހެއްޓުން.

09. ކުނިމެނޭޖް ކުރުމާއި ގުޅޭކަންކަމުގައި ކައުންސިލަށް ލަފަޔާއި މަޝްވަރާދިނުން.

10. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެކިއެކި އިމާރާތްތަކާއި ބިންތައް ބެލެހެއްޓުން

11. ޕްރޮގްރާމް ހިންގުމުގައި ކައުންސިލާއި ރައްޔިތުންނަށް އެންމެލާބަހުރިގޮތަކަށް ޚަރަދުތައް މެނޭޖްކުރުން.

މަޤާމަށްއެދެންވީސުންގަޑި:

  • 31 އޮކްޓޯބަރ 2021 ވަނަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ށ.ފުނަދޫ ކައުންސިލް އިދާރާއަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • އިންޓަވިއު އޮންނާނީ، 01 ނޮވެމްބަރ 2021 އާއި 04 ނޮވެމްބަރ 2021 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ ގައެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1-    ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ށ.ފުނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-    ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3-    ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިޔަތު އެނގޭނެ ލިޔުމެއް

4-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-    ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭ ނަންބަރާއި އީ-މެއިލްއެޑްރެހާއެކު )

މިވަޒީފާއަށްހޮވޭ ފަރާތް މަސައްކަތަށް ކަމުދާނަމަ އަހަރު ހަމަވުމުގެ ކުރިން ކައުންސިލުން ނިންމާގޮތެއްގެ މަތީން ކޮންޓްރެކްޓް އާކުރެވޭނެއެވެ.

24 އޮކްޓޫބަރު 2021