ޢާންމު މަޢުލޫމާތު
ނަންބަރު: I10C-A/2021/4
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 28 އޮކްޓޫބަރު 2021 12:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ ކަރަންޓު ވިއުގަ މަރާމާތުކުރުމަށް ކޮށްފައިވާ ނަންބަރު I10C-A/2021/3 (04 އޮކްޓޫބަރ 2021) އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރުން

               `                

އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓު

ދިވެހިރާއްޖެ

                                                       ނަންބަރ: I10C-A/2021/4 

 އިޢުލާން

މިކޯޓުން ދޭމަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ ކަރަންޓު ވިއުގަ މަރާމާތުކުރުމަށް ކޮށްފައިވާ ނަންބަރު I10C-A/2021/3 (04 އޮކްޓޫބަރ 2021) އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރުން

މިކޯޓުގެ ކަރަންޓު ވިއުގަ މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: I10C-A/2021/3  (04 އޮކްޓޫބަރ 2021) އިޢުލާން އާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާތީ އާއި ބައެއް ފަރާތްތަކުން މިމަސައްކަތައް ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއް ކަމަށް ފާހަގަކުރެވިފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27(4 ޖުލައި 2019) މާލިއްޔަތު ސަރކިއުލަރގައި ވާގޮތުގެމަތިން މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.                                                            

މި މަސައްކަތް، އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 28 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކުރިން، މި ކޯޓަށް ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ. ރެޖިސްޓަރ ނުވާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެއެވެ. ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓްސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާދެވޭނެއެވެ.

ރަޖިސްޓްރީ ކުރި ފަރާތްތަކަށް މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 31 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައި މި ކޯޓުގައި އޮންނާނެއެވެ.

ބީލަން ހުށަހެޅުމާއި އަދި ބީލަން ހުޅުވުން އޮންނާނީ 07 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި ކޯޓުގައެވެ. މި އިޢުލާނާއިއެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ވާގޮތަށް އަންދާސީ ހިސާބު ތައްޔާރުކޮށް ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން މިކޯޓަށް ވަޑައިގެން މަތީގައި ދެންނެވިފައިވާ ގަޑީގައި  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.

ވީމާ، މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ އިމާރާތުގެ ކަރަންޓު ވިއުގަ އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6680026 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

24 އޮކްޓޯބަރ 2021

18 ރަބީޢުލްއައްވަލް 1443

24 އޮކްޓޫބަރު 2021