ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)153-EXAM/1/2021/7
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 27 އޮކްޓޫބަރު 2021 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :10

ދިވެހިރާއްޖޭގެޤައުމީ ޔުނިވަރސިޓީގެ އެގްޒަމިނޭޝަންސް ޑިޕާރޓްމަންޓުން 2021 ވަނަ އަހަރުގެ ދެވަނަ ޓާރމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް އޮފް އެމްޕްލޯއިމަންޓް އެންޑް އިންޓަރމީޑިއަރީސް (ސީ.އީ.އައި) ގެ އިމްތިހާނު ހިންގުމަށް އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

10

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒު (މާލެ)

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • މިއިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައިނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

 

މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި ގޫގުލް މީޓު އެޕްލިކޭޝަން ބޭނުންކޮށްގެން މަސައްކަތް ކުރުމަށް އަހުލުވެރިވެރިވެފައިވާ މިންވަރާއި، މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އިމްތިހާނު ހަދާ ދަރިވަރުން މޮނިޓަރކުރުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ. އޮންލައިން އެޕްލިކޭޝަން ތިރީގައިވާ ލިންކުން ލިބޭނެއެވެ.

https://forms.gle/3dQkbnFHkbyRiuCt7

އެޕްލިކޭޝަންގެ ސުންގަޑި:

27 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

އެޕްލިކޭޝަން ފޯމާއެކު އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އިންވިޖިލޭޓަރަކަށް ހޮވިއްޖެނަމަ، އެފަރާތްތަކުން ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

24 އޮކްޓޫބަރު 2021