ދިވެހިރާއްޖެ
މި އިޢުލާންވަނީ 24 އޮކްޓޫބަރު 2021 13:54 ގައި ބާތިލް ކުރެވިފައެވެ.
ތިރީގައިވާ ދަންނަވާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ހދ.ނައިވާދޫގެ ލޭންޑް ޔޫސް ޕްލޭން މުރާޖާކޮށް އަލުން ހަދައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮއްދޭނެ އަގާއި މުއްދަތު ބަޔާންކޮށް 08 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަގު ހުށަހަޅާ ފޯމުގައިއެވެ. އަގު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެން ހުންނާއެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- ކައުންސިލުންނާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫސް ޕްލޭން ބިނާކުރުން.
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކަށައަޅާފައިވާ ޤަވާއިދުތަކާއި މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތަށް ލޭންޑް ޔޫސް ޕްލޭން މުރާޖާ ކުރުމުގެ އެންމެހާ މަރުހަލާތަކެއް ކުރިއަށް ގެންދިއުން.
- ރަށުގެ ފަޅު ބޭނުންކުރެވޭނޭ ގޮތެއް ޕްލޭންގައި ހިމެނުން
- ލޭންޑް ޔޫސް ޕްލޭން މުރާޖާ ކުރުމަށްފަހު، ފާސްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ކުރެހުންތައް ތައްޔާރުކޮށްދިނުން.
- ލޭންޑް ޔޫސް ޕްލޭން މުރާޖާ ކުރުމަށްފަހު ފާސްކުރުމަށް ހުށަހެޅުމުން، އިސްލާހުކުރުމަށް އަންގާ ކަމާގުޅޭ ބަދަލުތައް ޕްލޭނަށް ގެނެސް، ފާސްކުރެވެންދެން މަސައްކަތް ކޮށްދިނުން.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6520039 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.