ދިވެހިރާއްޖެ
އިޢުލާން ނަމްބަރ: IUL-D/423/2021/34
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ފަރެސްމާތޮޑާ ކައުންސިލް އިދާރާ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ކައުންސިލް އިދާރާ ބޮޑުކުރުމުގެ މަސައްކަތުގެ އަންދާސީ ހިސާބް"މިހެން ލިޔެފައި އޮންނަން ވާނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މިމަސައްކަތާއި، ގުޅިގެން ދެވޭ މަޢުލޫމާތު ފޯމާއި ޚިލާފަށް ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.