މަސައްކަތް
ނަންބަރު: (IUL)331/331/2021/78
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 28 އޮކްޓޫބަރު 2021 13:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަމާދުގައި ކިޔާ ޛިކުރުތައް ދަސްކޮށްދޭ ޕްރޮގްރާމް

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                             ނަމްބަރ: 331/331/2021/78(IUL)

 

އިޢުލާން

 

ނަމާދުގައި ކިޔާ ޛިކުރުތައް ދަސްކޮށްދޭ ޕްރޮގްރާމް

 

                  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގުމަށް ހަމަޖެހިފައިވާ ނަމާދުގައި ކިޔާ ޛިކުރުތައް ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވުމަށް ބޭނުންވާ، 5 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް އެފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

                  މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޯބަރ 2021 ން ފެށިގެން 29 ޖަނަވަރީ 2022 ގެ ނިޔަލަށް ކޮންމެ ހަފުތާއަކު ހުކުރު އަދި ހޮނިހިރު މި ދެދުވަހު، ކޮންމެ ދުވަހަކު 1 ގަޑިއިރަށެވެ. އަދި މި ޕްރޮގްރާމްގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނެގޭނެއެވެ.

                  ވީމާ، މިޕްރޮގްރާމްގައި ކުދިން ބައިވެރިކުރުމަށް ބޭނުންފުޅުވާ ބެލެނިވެރިން، 28 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލުން ދޫކުރާ ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފޯމް ހުށަހަޅާ ކުދިންގެ ތެރެއިން އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 60 (ފަސްދޮޅަސް) ކުދިންނަށް ކަމުގައި ދަންނަވަމެވެ.

24 އޮކްޓޫބަރު 2021