މަސައްކަތް
ނަންބަރު: (ILU)GS127-B/2021/004
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 26 އޮކްޓޫބަރު 2021 13:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
މާކުރަތު ސްކޫލްގެ ސްޓަރފުން ބޭނުން ކުރުމަށް ފާޚާނާއެއް އެޅުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު(2)  

1  މި ސްކޫލުގެ ސްޓަރފުން ބޭނުންކުރުމަށް ފާޚާނާއެއް އަޅަން ބޭނުންވާތީވެ، މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ. މި ކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2  މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 އޮކްޓޯބަރ 24 ން 2021 އޮކްޓޯބަރ 26 ށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 އިން 13:00 އަށް މާކުރަތު ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮކްޓޯބަރ 26 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4  މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021  އޮކްޓޯބަރ 27 ވާ ބުދަ  ދުވަހުގެ 13:00ގައި މާކުރަތު ސްކޫލުގައެވެ.

5  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ނޮވެމްބަރ 04 ވަނަ ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.

6  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާކުރަތު ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ފޯން:  6580333

އީ-މެއިލް: [email protected]     

ކޮޕީ-މެއިލް: [email protected]

24 އޮކްޓޫބަރު 2021