މަސައްކަތް
ނަންބަރު: (IUL)233-CA/233/2021/23
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 26 އޮކްޓޫބަރު 2021 13:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައްކާ ކާންދިނުމުގެ މަސައްކަތާއި، ދުވަހުކުއްޔަށް ކޮޓަރި ދޭނެ ފަރާތެއް ހޯދުން

2022 ން 2026 އަށް މި ކައުންސިލުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކުމަށް، 2021 ނޮވެމްބަރ 06 ން 08 އަށް، ރަސްދޫގައި ބާއްވަން ހަމަޖެހިފައިވާ، މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ކައްކާ ކާންދިނުމުގެ ޚިދުމަތާއި، އެކޮމަޑޭޝަން ހަމަޖެއްސުމަށް، ދުވަހު ކުއްޔަށް ކޮޓަރި ދޭނެ ފަރާތެއް ހޯދަން ބޭނުންވެޖެ އެވެ.

މަސައްކަތުގެ މަޢުލޫމާތު ކަރުދާސް، 2021 އޮކްޓޫބަރު 24 ވަނަ ދުވަހުން ފެށިގެން، މި އިދާރާއިން ލިބެންހުންނާނެ އެވެ.

ވީމާ، މި ކަމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2021 އޮކްޓޫބަރު 25 ވަނަ ދުވަހުގެ، 13:30 އަށް މި އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 13:00ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ. ސިޓީއުރައިގެ ބޭރުގައި، ކޯޓޭޝަން ހުށަހަޅުއްވާ ފަރާތުގެ ނަމާއި، ކޮންކަމަކަށް ހުށަހަޅާ ކޯޓޭޝަނެއްކަން ލިޔެފައި އޮންނަންވާނެ އެވެ.

ކޯޓޭޝަންތައް ހުޅުވުން އޮންނާނީ، 2021 އޮކްޓޫބަރު 26ގެ 13:15ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކޯޓޭޝަން ހުޅުވުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނޭގޮތަށް ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު ފޮނުވިދާނެ އެވެ.  

23 އޮކްޓޫބަރު 2021