ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2021/64
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:33
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސަމާލު ވުމަށް
ސަމާލު ވުމަށް
ހަނިމާދޫ މަގުތަކުގައި ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ކުރަމުންގެންދާ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންދާއިރުއާއި، މަގުތައް ބޭނުންކުރައްވާއިރު މިދަންނަވާ ކަންކަމަށް ހުރިހާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަމެވެ.
- މަގުހެދުމުގެ މަސައްކަތް ކުރާ ވަގުތު ތަކުގައި މަސައްކަތަށް ބޭނުންކުރާ ބޮޑެތި ވެހިކަލްތައް ދުއްވާ އިރުއާއި މަސައްކަތް ކުރާ މަގުތަކުގައި މަސައްކަތް ހިންގާވަގުތު މީހުންނާއި ކުދިން ވަރަށްބޮޑަށް ގައިގޯޅިވެ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރަށްބޮޑުވާނެއަތީ މަސައްކަތް ހިންގާ ވަގުތުތަކުގައި މީހުންނާއި، ޚާއްޞަކޮށް ކުޑަކުދިން މިސަރަޙައްދަށް ނުކުމެ ވެހިކަލްތަކާއި ކައިރީގައި ނުތިބުން.
- މަގުހެދުމުގެ މަސައްކަތަށް ބޭނުންކުރާ ވެހިކަލް ތަކަކީ ވަރަށްއުސް ބަރު ވެހިކަލްތަކަށް ވެފައި މަސައްކަތުގައި ޙަރަކާތް ތެރިވާ ވަގުތު ތަކުގައި އުޅަނދު ދުއްވާ މީހުންނަށް އެކި ކަންކަމަށް ސަމާލުކަން ދިނުމާއި އަދި ވެހިކަލް އުސްވުމުން ތިރިފެންނަން ދަތިވާނެއަތީއާއިއެކު މަސައްކަތު ސައިޓުގައި މަސައްކަތް ހިންގާ ވަގުތު އުޅަނދު ދުއްވާމީހާގެ ސަމާލު ކަމަށް އިތުރު ކަންތައްތަކަށް ޑުރައިވަރުނަށް ސަމާލު ނުވެވޭނެކަމަށް ބެލުން.
- މިހާރު ތާރުއަޅާފައިވާ މަގުތަކުގައި ފުރޮޅުލީ ފައިވާނާއި، ފްރޮޅުލީ ފިލާގަނޑު އަދި އެހެންވެސް ތަކެތި ބޭނުންކުރާ ކުޑަކުދިންނާއި މީހުން ދުއްވާ އެއްޗެއްސަށް ސަމާލުކަން ދިނުމަށާއި ކުޑަކުދިން އެކަނި މިފަދަ ކަންކަމަށް ދޫނުކުރުން.
- ރޭގަނޑު ވަގުތު ތަކުގައި ބައިސްކަލު ބައްތި ނުޖަހާ އެއްވެސް ފަރާތަކުން ނުދުއްވުން.
- ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލެނިވެރިން ވަރަށްބޮޑަށް ސަމާލުކަން ދިނުން.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 އޮކްޓޫބަރު 2021