މަސައްކަތް
ނަންބަރު: ADMHR-MPL/2021/79
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 28 އޮކްޓޫބަރު 2021 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްގެ ޚިދުމަތްދޭނެ އެޖެންޓެއް ހޯދުމާއި ބެހޭ

މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ވ. ރަކީދޫ އަށް ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ބޭނުންވެއެވެ.

 

  1. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލް ފަދަ ތަކެތި ރައްދުކުރުން                                                                                                                                                                                                                                                                                                                                                                                                                                                                                                                                         
  2. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތަކަށް އެޚިދުމަތް ދިނުން.
  3. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށްފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.
  4. ޕޯސްޓް ކާރގޯގެ ގޮތުގައި ލިބޭ އަދި ފޮނުވާ މުދާ ޙަވާލުވެ، ފޮނުވުމާއި، ރައްދުކޮށްދިނުން.
  5. ސްޓޭމްޕް ވިއްކުން.
  6. ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައި ދިނުން.

އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުތުތައް.

-          ވިޔަފާރި ކުރާ ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ  އިދާރާއެއް ކަމުގައިވުން.

-          ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވުން.

-          ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.            

އުޖޫރަ.

މަހަކު -/ 150ރ. ( ސަތޭކަ ފަންސާސް ރުފިޔާ ) އޭޖެންސީ އުޖޫރަ

އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެއެވެ.

ހުށަހަޅަންޖޭހޭ ތަކެތި.

  1. ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން.
  2. ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ.
  3. ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ

 

މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން28  އޮކްޓޯބަރ  ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީ/ އެޕްލިކޭޝަން ފޮނުއްވުން އެދެމެވެ. ސިޓީ ނުވަތަ އެޕްލިކޭޝަން ފޮނުއްވާނީ މިކުންފުނީގެ ފެކްސް ނަމްބަރ 3321559 އަށެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]ނުވަތަ [email protected]އަށެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޮބައިލް ނަންބަރ 7966732 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.

 

 

21 އޮކްޓޫބަރު 2021