މަސައްކަތް
ނަންބަރު: (IUL)413/PRIV/2021/2
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 28 އޮކްޓޫބަރު 2021 10:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ގެމަނަފުށީ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމާއި ބެހޭ

ގއ.ގެމަނަފުށީގެ ލޭންޑް ޔޫޒް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

         ގއ.ގެމަނަފުށީގެ ލޭންޑް ޔޫޒް ޕްލޭން ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

         މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 28 އޮކްޓޯބަރ 2021 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609 އަށް ގުޅުއްވުން އެދެމެވެ.

         މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ އޮންލައިންކޮށް 2 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 10:00 ގައެވެ. ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެއެވެ. އަދި ޕްރީބިޑް މީޓިންގައި ބައިވެރި ނުވިނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެއެވެ.

         މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ ނޮވެމްބަރ 14 ވާ، އާދީއްތަ ދުވަހުގެ 10:00 ގައެވެ. ބިޑް ހުށަހަޅަން ޖެހޭނީ [email protected] ނުވަތަ ގެމަނަފުށި ކައުންސިލް އިދާރާއަށް ދުރުވެއެވެ.

މަސައްކަތް ހަވާލު ކުރުމުގައި ޕޮއިންޓް ދެވޭނެގޮތުގެ އުސޫލު:

މަސައްކަތުގެ އަގަށް:  80 ޕޮއިންޓް

މުއްދަތަށް :       10 ޕޮއިންޓް

ޕްރޮފައިލް އަށް :    10 ޕޮއިންޓް

               މިހެންމެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އޮކްޓޫބަރު 2021