މަސައްކަތް
ނަންބަރު: (IUL)354/354/2021/3
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 31 އޮކްޓޫބަރު 2021 13:00
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
‏ އދ.ދިއްދޫގެ ލޭންޑްޔޫޒް ޕްލޭން ތައްޔާރުކުރުމާގުޅޭ

އދ.ދިއްދޫގެ ލޭންޑްޔޫޒް ޕްލޭން ތައްޔާރުކުރުމާގުޅޭ

    އދ. ދިއްދޫއަށް ތައްޔާރުކުރެވިފައިވާ ޑްރާފްޓް ލޭންޑްޔޫޒް ޕްލޭނަށް ބަދަލުގެންނަން ވަނީ ބޭނުންވެފައެވެ.

    ވީމާ، ތިރީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އދ. ދިއްދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް އަލުން ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގަކާއި މުއްދަތު ބަޔާންކޮށް 31 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. ސިޓީ މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ. ސިޓީ ހުށައަޅުއްވާއިރު ހުށައަޅުއްވާ ފަރާތުގެ ވަނަވަރު ، އަދި ތަޢުލީމާއި ތަޖުރިބާ އަންގައިދޭ ލިޔެކިއުން ހުށައަޅުއްވަން ވާނެއެވެ.

މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7937088 ނަންބަރަށް ގުޅުއްވުންއެދެމެވެ. (މާކްސް ދިނުމުގައި ބަލާނީ އަގަށް %70 އަދި މުއްދަތަށް %30 ދޭގޮތަށެވެ.)

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެކަށައަޅާފައިވާ ޤަވާޢިދުތަކާއި މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމުގެ އެންމެހާ މަރުޙަލާތަކެއް ގެންދިއުން                            
  2. ކައުންސިލުން އަދި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫޒް ޕްލޭން ބިނާކުރުން.
  3. ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމަށްފަހު، ފާސްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށައަޅަންޖެހޭ ރިޕޯޓްތަކާއި ކުރެހުންތައް ތައްޔާރުކޮށްދިނުން.
  4. ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމަށްފަހު ފާސްކުރުމަށް ހުށައެޅުމުން، އިޞްލާޙުކުރުމަށް އަންގާ ކަންކަމާއި ގުޅޭ އެންމެހާ ބަދަލުތައް ލޭންޑްޔޫޒް ޕްލޭނަށް ގެނެސް، ފާސްކުރެވެންދެން މަސައްކަތްކޮށްދިނުން. 

21 އޮކްޓޯބަރ 2021

 

                                                   

                                                     އަޙްމަދު މުޙައްމަދު

                                               އދ.ދިއްދޫ ކައުންސިލްގެ ރައީސް

21 އޮކްޓޫބަރު 2021