ދިވެހިރާއްޖެ
އިޢުލާން
ހއ. ތުރާކުނު މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގުޅުވައިގެން ފާޚާނާއެއް ހެދުމާއި، ކަރަންޓް ޕޮއިންޓް އިތުރުކުރުމާއި، އަދި ލައިޓްހަރުކުރުމުގެ މަސައްކަތާގުޅޭ:
މިކޯޓްގެ ނަންބަރު: A1-MC/2021/01 (04 އޮކްޓޯބަރު 2021) އިޢުލާންގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން އެއިޢުލާނަށް އިޖާބަ ދީފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، އެމަސައްކަތަށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
ވީމާ، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހއ. ތުރާކުނު މެޖިސްޓްރޭޓް ކޯޓަށާއި، ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މަޢުލޫމާތު ސާފްކުރެއްވި ކޯޓަކަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ސެޝަނަށް ޙާޟިރުވި ފަރާތްތަކަށް އެކަންޏެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ނަންބަރު 2014/18 ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް ވާންވާނެއެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން |
28 އޮކްޓޯބަރު 2021 |
ބުރާސްފަތި |
13:30 |
އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން |
04 ނޮވެންބަރު 2021 |
ބުރާސްފަތި |
13:30 |
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ރަބީޢުލްއައްވަލް 1443