ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2021/31
އިޢުލާން |
ގދ.ވާދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ގަތުން
ގދ.ވާދޫ ކައުންސިލްގެ އިދާރާއަށް އެކްސްކަވޭޓަރެއް ގަތުމަށް ބޭނުންވެގެންކުރި ނަންބަރ: (IUL)421/421/2021/30 ( 04 އޮކްޓޯބަރ 2021 ) ގެ އިޢުލާނާގުޅިގެން އަންދާސީ ހިސާބް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ،އެކްސްކަވޭޓަރ ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިހިނގާ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހުންފެށިގެން 31 ވަނަދުވަހާއި ދެމެދު ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ސަރުކާރު ބަންދުނޫން ދުވަސް ތަކުގައި މިއިދާރާގެ ފޯނުނަންބަރު 6840005 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.އެގޮތުން ރަޖިސްޓްރީވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހުށަހަޅަންވާނެވެ.
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ނަން
- މަސްޢޫލުވާ ފަރާތުގެ ނަން
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ
- އީމެއިލް އެޑްރެސް
- ގުޅޭނެ ފޯނުނަންބަރު
އަންދާސީ ހިސާބް ހުށަހެޅުން
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހެޅުން |
02 ނޮވެމްބަރ 2021 |
އަންގާރަ |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.އަދި އެކްސްކަވޭޓަރ ގަތުމާބެހޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެވެ.
15 ރަބީޢުލްއައްވަލު 1443
21 އޮކްޓޯބަރ 2021
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް